އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތަކާއި މަރުވާން މަސައްކަތް ކުރާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓްކުރުމާ ދުރުހެލިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އިން އިލްތިމާސް ކޮށްފި އެވެ.
08 މެއި 2023
އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތަކާއި މަރުވާން މަސައްކަތް ކުރާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓްކުރުމާ ދުރުހެލިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އިން އިލްތިމާސް ކޮށްފި އެވެ.
އެ ކައުންސިލުން އެހެން ބުނީ ކުޑަކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނާ މައްސަލައެއް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކުރުމުންނެވެ.
އެމްއެމްސީ އިން ބުނީ ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް އެތައް ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.
އެމްއެމްސީގެ ކޯޑް އޮފް އެތިކްސްގެ25 ވަނަ މާއްދާގައިވާ ގޮތުން އަމިއްލައަށް މަރުވުމާއި ޖިނާއީ ކުށްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާއިރު، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މައުލޫމާތު ޝާއިއު ކުރުމުން ދުރުހެލިވާން ވާނެއެވެ. (3/4)
— Maldives Media Council (@mmc_mv) May 8, 2023
އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާކަން ފާހަގަކުރި އެވެ.
ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސްގައި ވެސް މިފަދަ ކަންކަން ޕްރޮމޯޓްނުވާ ގޮތަށް އަމަލުކުރަން އޮންނާތީ ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ހަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމްއެންސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން ވެސް މިއަދު ބުނީ އަމިއްލައަށް މަރުވާ ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: އެމްއެމްސީ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
ނޫސްވެރިންގެ ހިމާޔަތަށް ބިލުގައި އެއްވެސް ކަމެއް ނެތް
"ނޫސްވެރިންގެ ކަންބޮޑުވުމަށް ދިނީ ބީރު ކަންފަތެއް"
މީޑިއާ ބިލް ބޭރުކުރަން އެމްއެމްސީން ވެސް ގޮވާލައިފި
ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި
މީޑިއާ ކައުންސިލް މެމްބަރުކަމަށް ހުޅުވާލައިފި
މީޑިއާ ކައުންސިލްގެ ރައީސަކަށް ސަގީފް އިންތިހާބުކޮށްފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި