Roadha Mihaaru
ބްރޯޑްކޮމް އަށް ފަޒީނުގެ ނަން ފޮނުވައިފި

ބްރޯޑްކޮމްއަށް އަނެއްކާވެސް ފަޒީނުގެ ނަން

08 ފެބުރުއަރީ 2021

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަން ލިސްޓުގެ ކުރީގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ހިމަަނުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަން ލިސްޓުގެ ކުރީގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ހިމަަނުއްވައިފި އެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް ލައްވަން ރައީސް ފޮނުއްވި ލިސްޓެއްގައި ފަޒީންގެ ނަން ހިމެނުއްވި އެވެ. އެކަމަކު މި ފަހަރު ފޮނުއްވި ލިސްޓުގައި އޭނާގެ ނަން އޮތީ އެއްވަނައިގަ އެވެ.

އޭނާގެ ނަމާ ޖެހިގެން ދެން އޮތީ ވީޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަަސައްކަތްކުރެއްވި ޝިފްޒާ މުސްތޮފާ އާއި މަޝްހޫރު ލަވަކިއުންތެރިޔާ ޝިފާ ތައުފީގުގެ ނަމެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ ޒީނާ ޒާހިރު އިސްތިއުފާދެއްވުމުންނެވެ. ޒީނާ އިސްތިއުފާ ދެއްވީ އެނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.

ބްރޯޑްކޮމް އަށް ރައީސް ފޮނުއްވި ނަން ލިސްޓް

1- މުހައްމަދު ފަަޒީން، ހޭޒްލީމް، ބ. ތުޅާދޫ

2- އާއިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު، އާސާން. ފުވައްމުލަށް.

3- ޝިފާ ތައުފީގް، ހ. ހާޖަރާގެ

4- އަލީ މުހައްމަދު މަނިކު، ދަފްތަރު. ރސ. 1851

5- އަހުމަދު މޫސާ، ހ.އަބްސާ ވިލާ

6- ޒުބައިރު އަހުމަދު މަނިކު، ގ. މަލްބިނަބް

7- ހަސަން ރަޝީދު، ފްލާވާގެ، އައްޑޫ، މަރަދޫ

8- އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ

9- މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ

10- ހުސައިން އަމްރު، ވ. ރޯޝަން

11- އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކާ މެދު މަޖިލީހުން ގޮތެއް ނިންމާނީ މިނިވަން މުއައްސަސާތަކުގެ ކޮޮމިޓީން އެ ނަންތަން ދިރަސާކުރުމަށް ފަހު އެވެ. އާއްމު އުސޫލަކީ ރައީސް އިސްކަން ދެއްވާ ތަރުތީބަށް ކޮމިޓީން ވެސް އިސްކަން ދިނުމެވެ. އެކަމަކު އެނޫން ގޮތް ގޮތަށް ވެސް މީގެ ކުރިން ނިންމާފައި އެބަ ހުއްޓެވެ.