Roadha Mihaaru
މެލޭޝިއާ، އިނގިރޭސި ވިލާތުގައި ވޯޓުފޮށި ނުބެހެއްޓޭނެ

ކައުންސިލް އިންތިޚާބު: އިނގިރޭސި ވިލާތާއި މެލޭޝިއާގައި ވޯޓުފޮށި ނުބެހެއްޓޭނެކަން ޔަގީންވެއްޖެ: ޝަރީފު

07 ފެބުރުއަރީ 2021

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސި ވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސި ވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އޮތީ ހަމަޖައްސައިފަ އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނާއި މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައި އޭޕްރީލް 10 ގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭނެ ކަން މިހާރު ޔަގީން ވެފައިވާ ކަމަށެވެ.

ޝަރީފްގެ ޓްވީޓް

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ގެ އާ ސްޓްރެއިނެއް ފެނުމުން، އެ ގައުމުގައި އިތުރަށް ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މެލޭޝިއާގައި ވެސް އަދިވެސް އޮތީ ފިޔަވަޅުތައް ވަރުގަދަކޮށެވެ. މެލޭޝިއާގައި ގިނަ އަދަދަކަށް ދިވެހިިން އުޅެ އެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އެކުލަވައިލި ގައިޑްލައިން އޮތްގޮތުން އިންތިޚާބު ބާއްވަން ހުރަސް އެޅޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބު އިތުރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.