09 ނޮވެމްބަރ 2016
އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލައިގެން، ފަހަށް ރައްކާކުރަން ފަންޑެއް ގާއިމުކުރަން ސަރުކާރުން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލައިގެން، ފަހަށް ރައްކާކުރަން ފަންޑެއް ގާއިމުކުރަން ސަރުކާރުން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިއަދު މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މި ފަންޑަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ލާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޖެހިގެން އަންނަ 2018 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 1.4 ބިލިއަން ރުފިޔާ އަދި 2019 ގައި 1.6 ބިލިއަން ރުފިޔާ މި ފަންޑަށް ޖަމާކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
"މިކަމުގެ ސަބަބުން ފައިސާ ދޫކުރާ ފަރާތްތަކަށް އިތުބާރު ލިބޭނެ. އަދި އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ސަބަބުން އަތުވެދާނެ ބުރަތައް ކުޑަވާނެ،" މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި ހިންގާ މި މާލީ ރިޒާވަށް މައިގަނޑު ގޮތެއްގައި ޖަމާކުރާނީ އަންނަ އަހަރު ނަގަން ހުށަހަޅާފައިވާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖެވެ. ދިވެހިން ވެސް ހިމެނޭ ގޮތަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެން އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ދައުލަތުގެ ރަސްމީ ރިޒާވްގެ ބޭރުން ހިންގާ މި ފަންޑާ ގުޅޭ ތަފްސީލުތަކެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ. އެކަމަކު، މަރުކަޒީ ބޭންކުން ބަލަހައްޓާ މި ފަންޑުން ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވެ އެވެ.
- އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ޖަމާކުރާނެ
- 2018 ގައި 1.4 ބިލިއަން ރުފިޔާ ޖަމާކުރާނެ
- 2019 ގައި 1.6 ބިލިއަން ރުފިޔާ ޖަމާކުރާނެ
- މައިގަނޑު ގޮތެއްގައި ޖަމާކުރާނީ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު ނަގައިގެން ލިބޭ ފައިސާ
- މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭ އިން
- ފުރަތަމަ ތިން އަހަރު އެއްވެސް ފައިސާއެއް ނުނަގާނެ
މިފަދަ ފަންޑުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވަނީ ހަދައިފަ އެވެ. އެކަށީގެންވާ މިންވަރަކަށް ފައިސާ ޖަމާވުމުން، ވަކި އުސޫލެއްގެ މަތިން ނަގަން ފެށޭ ގޮތަށް ހަދާ މިފަދަ ފަންޑުތަކުން ހަރަދުކުރަނީ ފައިސާ ހޯދަން އުދަނގޫ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަދި ކުއްލި ހާލަތްތަކުގައި ވެސް މިފަދަ ފަންޑުތަކުގެ ބޭނުން ހިފަ އެވެ.
ސޮވެރިން ފަންޑެއް ހަދާއިރު، ސަރުކާރުން ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކެެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކެވެ. އެހެންވެ، ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް މައްޗަށް ގޮސް، އެކަމުގެ ކަންބޮޑުވުން ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
"ލޯނާއި ބޮންޑުގެ ސަބަބުން ރިޒާވަށް އަސަރު ކުރާނެ"
ދައުލަތުގެ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތުން އޭޑީސީ ނަގަން
ރިކަރަންޓް ހަރަދު ކުޑަ ފުރަތަަމަ ބަޖެޓު