08 ނޮވެމްބަރ 2016
ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 މީހަކަށް މި އަހަރު ދިނުމަށް، ގައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅައިފި އެވެ.
ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 26 މީހަކަށް މި އަހަރު ދިނުމަށް، ގައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަތަރު މީހަކަށް ލިބޭއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 މީހަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޝަރަފްވެރިކަމުގެ އިނާމު ލިބޭ ހަތަރު މީހުންނަކީ މީގެ ކުރިން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވާ މީހުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމު ދިނުމުގައި ބަލާފައިވަނީ އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. އަދި އިނާމު ދޭ މީހުން ކަނޑައެޅުމަށް އެ ދާއިރާއެއްގެ ތަޖުރިބާކާރުންނާ، ކޮމެޓީގެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް މި އަހަރު 20 މީހަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލް ހޯދައިގެން ދެ މީހަކު މި އަހަރު އިނާމު ހާސިލް ކުރާއިރު ،މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ވަނަ ހޯދައިގެން 15 މީހަކަށް އިނާމު ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުމަށް، ސައިންޓިފިކް ތަހުލީލެއް، އިލްމީ ދިރާސާއެއް ނުވަތަ އުފެއްދުންތެރި މަސައްކަތެއް ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފައިވަނީ އެންމެ މީހެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކޮށްގެން ނުވަތަ އެއްޗެއް އުފައްދައިގެން ދެ މީހަކު އިނާމު ހޯދާކަަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މަތީ ދަރަޖަ ހޯދާ މީހުންނަށާއި ގައުމީ އިނާމު ދޭނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާއެއްގަ އެވެ.
ސަރުކާރުން ދޭ ބައެއް ހާއްސަ މެޑަލްތައް ވެސް މި ޖަލްސާގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއާން ހިތުދަސްކޮށްގެން، ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރާ ހަ މީހަކާއި މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނާއި މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއްވަނަ ހާސިލް ކުރި ދަރިވަރުންނަށް މެޑަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ގައުމީ އަދި ހާއްސަ އިނާމު ވަކިން ދޭން ލަފާދެއްވައިފި
ގައުމީ އިނާމަށް 77، ހާއްސަ އިނާމަށް 58 މީހުން
މަތީ ދަރަޖައިގެ އިނާމަށް އަންނަ މަހު ހުޅުވާލަނީ
ގައުމީ އިނާމަށް ތިން ބަދަލެއް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ދައުލަތަށް 35 އަހަރު ޚިދުމަތްކުރުމުން ގައުމީ އިނާމު
ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް
ކުރިއަށް އޮތީ މަޝްރޫއުތަކުގެ އަހަރު: ރައީސް
ހާއްސަ އިނާމު 39 ފަރާތަކަށް