08 ނޮވެމްބަރ 2016
ދައުލަތަށް އާމްދަނީ އިތުރުކުރަން އަންނަ އަހަރުން ފެށިގެން ސިނގިރޭޓަކުން 1.75ރ. އަދި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.
ދައުލަތަށް އާމްދަނީ އިތުރުކުރަން އަންނަ އަހަރުން ފެށިގެން ސިނގިރޭޓަކުން 1.75ރ. އަދި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓަކުން ނަގާ ޓެކްސްއަށް 50 ލާރި އިތުރުކުރުމާއި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓް އެޑްވެލޮރަމް ޓެކްސްއެއް ނެގުމުން ނުވަ މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސިނގިރެޓަކުން ނަގާ ޓެކްސް 1.75ރ. އަށް ބޮޑުކޮށްގެން 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެންމެ ފަހުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.
ސިނގިރޭޓުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ އަގަކަށް ބޮޑުވާނެ ކަމަށެވެ.
"ޑިއުޓީ ބޮޑުކުރުމުން ފޮއްޓަކަށް ދިހަ ރުފިޔާ އިތުރަށް ދައްކަން ޖެހޭނެ. މިހާރު ފޮއްޓަކަށް 25ރ. އެބަ ނަގާ ޑިއުޓީގެ ގޮތުގައި. ޑިއުޓީގެ އިތުރުން ޖީއެސްޓީއާއި ފައިދާ ހިމެނުމުން ފޮއްޓެއްގެ އަގު 65ރ. އަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު"ން ބެލިބެލުމުން ސިނގިރޭޓުގެ ހުރިހާ ބްރޭންޑަކުން ވެސް ޑިއުޓީ ނަގާ ގޮތަށް އެންމެ އަގު ބޮޑު އެނާޖީ ޑްރިކުގެ ދަޅަކުން ވެސް އެ އުސޫލުން ޑިއުޓީ ނަގައިފި ނަމަ ދައުލަތަށް އަހަރަކު 15 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19 މިލިއަން އެނާޖީ ޑްރިންކް ދަޅު އެތެރެކޮށްފައިވެ އެވެ. އެއިން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 15 ޕަސެންޓެވެ.
އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރުމުން، މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ ރެޑްބުލް ދަޅަކުން ގާތްގަނޑަކަށް އެއް ރުފިޔާ އަދި އެކްސެލް ދަޅަކުން ވެސް ރު ރުފިޔާއެއް ބޮޑުވާނެ އެވެ.
ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަނީ
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ
ފޮނުވީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް
ބަޖެޓުގެ ފޮތާއި ވެބްސައިޓު އިފްތިތާހުކޮށްފި
އާސަންދަ އާއި މުސާރަ ކުޑަ ނުވާނެ، މަދުކުރާނީ އިސްރާފު
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް