12 ފެބުރުއަރީ 2017
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކަނޑައަޅާފައި އޮތް ވަރަށް ވުރެ ބޮޑަށް ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކަނޑައަޅާފައި އޮތް ވަރަށް ވުރެ ބޮޑަށް ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުއްވީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އިއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނެގުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. ނެގުމަށް ވަނީ ކަނޑައަޅައިފަ އެވެ.
މަޖިލީހަށް ފޮނުއްވި އިސްލާހާ ގުޅިގެން، އާމިރު ވިދާޅުވި ގޮތުގައި، އެ އިސްލާހުގެ ބޭނުމަކީ ސިއްހަތަށް ގެއްލުންދޭ އެއްޗެހި ވީހާ ވެސް މަދު ކުރަން ބާރު އެޅުމެވެ. މަޖިލީހަށް އިސްލާހު ހުށަހެޅުމާ އެކު، އެ އަށް ބަދަލު ގެނައުމުގެ ބާރު މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުން ފާސްކުރި 2017 ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުން ހިމެނެ އެވެ. ނަމަވެސް މަޖިލީހަށް މިފަހަރު ފޮނުވި އިސްލާހު އޮތީ ބަޖެޓުގައި ހިމެނި ގޮތާ ހިލާފަށެވެ.
މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ސިނގިރޭޓަކުން 1.75ރ. އަދި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކުހެއް ނަގަން ނިންމާފައިވާ ކަމަށެވެ. ސިނގިރޭޓަކުން ނަގާ ޓެކުހަށް 50 ލާރި އިތުރުކުރުމާއި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓް އެޑްވެލޮރަމް ޓެކުހެއް ނެގުމުން ނުވަ މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވާ އިރު، ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ އަގަކަށް ބޮޑުވާނެ އެވެ.
ބަޖެޓުގައި ހިމެނި ގޮތަށް، އެންމެ އަގު ބޮޑު އެނާޖީ ޑްރިކުގެ ދަޅަކުން ވެސް އެ އުސޫލުން ޑިއުޓީ ނަގައިފި ނަމަ ދައުލަތަށް އަހަރަކު 15 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް 19 މިލިއަން އެނާޖީ ޑްރިންކް ދަޅު އެތެރެކޮށްފައިވެ އެވެ. އެއިން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 15 ޕަސެންޓެވެ.
ސިނގިރޭޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކުރަނީ
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ
ކޮމެޓީން ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާގޮތަށް
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި
ސިނގިރޭޓް ފޮއްޓެއް ވިއްކަންވީ 100ރ އަށް: ނިހާން
މިދިޔަ އަހަރު 500 މިލިއަން ސިނގިރޭޓް އެތެރެކުރި
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓްވާނެ