14 ފެބުރުއަރީ 2017
ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ފޮއްޓެއް 100ރ. އަށް ވުރެ މަތީ އަގެއްގައި ވިއްކަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ފޮއްޓެއް 100ރ. އަށް ވުރެ މަތީ އަގެއްގައި ވިއްކަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ ސިނގިރޭޓުން ސިއްހަތަށް ގެއްލުން ލިބޭ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ކަހަލަ އުފެއްދުންތަކުގެ ސަބަބުން ނުކުމެދާނެ ސިއްހީ މައްސަލަތަކަށް ވިސްނަން ޖެހެ އެވެ. އެ ގޮތުން ދިވެހިންގެ ސިއްހަތަށް މީގެ ކުރީ ސަރުކާރުތަކުން ސަމާލުކަން ނުދޭ ވަރަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ސަމާލުކަން ދެމުން އަންނަ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
"ރައްޔިތުން ހޭލުންތެރިކޮށް، އެފަދަ ކަންކަމުން ދުރުކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް. މި ދެ މަސައްކަތް ވެސް މި ކުރަނީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް ވިސްނާފައި،" މީގެ ކުރިން ދުންފަތުގެ އިސްތިއުމާލް ކުރެއްވި އެކަމަކު ސިއްހީ ނުރައްކާތެރި ހާލަތެއް ކުރިމަތިވެވަޑައިގަތުމުން އެކަން ހުއްޓަވާލެއްވި ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޝިއާ އާއި ޔޫރަޕްގެ ގައުމުތަކުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު އުޅެނީ 10 ޑޮލަރު (154ރ.) އަށް ވުރ މަތީގަ އެވެ. އަދި މިހާރުގެ ގާނޫނަށް އިސްލާހު ގެނެސްގެން، ފާސްކޮށްފި ނަމަ، ސިނގިރޭޓު ފޮއްޓެއްގެ އަގު 92ރ އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ހަތަރު ޑޮލަރު (61ރ.) ކުޑަކޮށް [މި އުޅެނީ]. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިނގިރޭޓަކަށް 4ރ. ހަދަން ޖެހޭ،" ނިހާނު ވިދާޅުވި އެވެ.
"މިވަރުން ގޮސްގެން ނޫނީ ގައުމުގައި މިކަން ހުއްޓޭނެ ގޮތެއް ނެތް. ގާތްގަނޑު 100ރ. ނުވަތަ 200ރ. އަށް ސިނގިރޭޓް ފޮއްޓެއް ގެންދަން ވޯޓު ދޭން މިހުރީ ތައްޔާރަށް."
އެހެންވެ، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަނެ، އިގްތިސާދީ ކޮމެޓީއަށް ހުށަހަޅައިގެން ބިލަށް ބަދަލުތަކެއް ގެންނަ ނަމަ، އެކަން ކުރަން ޖެހޭ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ސަރުކާރުން މިއުޅެނީ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ކަންކަން ކުރަން ނޫން ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ކަމަށް ވެސް ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. ނަގަން ވެސް އެ އިސްލާހުގައިވެ އެވެ.
މަޖިލީހުން ފާސްކުރި 2017 ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ. ނަމަވެސް މަޖިލީހަށް މިފަހަރު ފޮނުވި އިސްލާހު އޮތީ ބަޖެޓުގައި ހިމެނި ގޮތާ ހިލާފަށެވެ.
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ
ކޮމެޓީން ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާގޮތަށް
ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަނީ
ޑިއުޓީ ފައިސާއިން ހޭލުންތެރިކަމަށް ހޭދަކުރަން ދެކޮޅު
މިދިޔަ އަހަރު 500 މިލިއަން ސިނގިރޭޓް އެތެރެކުރި
ސިނގިރޭޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކުރަނީ
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް