Roadha Mihaaru
އާމިރުގެ ފިލްމަށް ދެކުނުގެ އެހެން އެކްޓަރެއް

އާމިރުގެ "ލާލް ސިންގް ޗައްޑާ" އަށް ދެކުނުގެ އެހެން އެކްޓަރެއް

28 ޖެނުއަރީ 2021

މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ވިޖޭ ސެތުޕަތީ އަށް ހުށަހެޅުމުން އޭނާ އަށް އާމިރު ބޭނުންވި ގޮތަށް ހިކެން މަސައްކަތް ނުކުރެވި ފުރުސަތު ގެއްލިފައި ވަނިކޮށް، ވިޖޭ އަށް ހުށަހެޅި ރޯލު އަނެއްކާ ވެސް ދެކުނުގެ އެކްޓަރަކަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ވިޖޭ ސެތުޕަތީ އަށް ހުށަހެޅުމުން އޭނާ އަށް އާމިރު ބޭނުންވި ގޮތަށް ހިކެން މަސައްކަތް ނުކުރެވި ފުރުސަތު ގެއްލިފައި ވަނިކޮށް، ވިޖޭ އަށް ހުށަހެޅި ރޯލު އަނެއްކާ ވެސް ދެކުނުގެ އެކްޓަރަކަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ވިޖޭ އަށް ހުށަހެޅި ރޯލު މިހާރު ތެލެގޫ އެކްޓަރު ނާގަ ޗައިޓްނިއާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އަކީ މަޝްހޫރު އެކްޓަރު އަކިނޭނީ ނާގުރްޖުނާގެ ދަރިއެކެވެ. ނާގާ އަކީ މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދެކުނުގެ ބަތަލާ ސަމަންތާ އަކިނޭނީގެ ފިރިމީހާ އެވެ.

"ލާލް ސިންގް ޗައްޑާ" އަށް އޭނާ އެއްބަސްވެއްޖެ ނަމަ މި ފިލްމު ވާނީ ނާގާ ކުޅޭ ފުރަތަމަ ހިންދީ ފިލްމަށެވެ. އެކަމަކު 34 އަހަރުގެ އެކްޓަރު އަދި ފިލްމަށް ސޮއިކުރިކަން ކަށަވަރެއް ނޫނެވެ. ބައެއް މީޑިއާތަކުން ބުނީ އާމިރުގެ ފިލްމުން ނާގާ އަށް ލިބުނީ ވަރަށް މުހިއްމު ރޯލަކަށްވެފައި އާމިރުގެ ފިލްމަކުން ފުރުސަތު ލިބުމުން އޭނާ އޭގެ ބޭނުން ހިފާނެ އެވެ.

ނާގާ ބައްޕަގެ ފިޔަވަޅު މަތިން އެކްޓިން އަށް ނުކުތީ 2009 ގެ ތެލެގޫ ފިލްމު "ޖޯޝް" އިންނެވެ. އޭގެ ފަހުން މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ވެންކީ މާމާ" އިންނެވެ. ނާގާ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ލަވް ސްޓޯރީ" އާއި "ތޭންކް ޔޫ" އެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ "ލާލް ސިންގް ޗައްޑާ" ގެ ވަރަށް ބޮޑު މިދިޔަ އަހަރު އޮތީ ޝޫޓްކޮށް ނިންމައިފަ އެވެ. މި ފިލްމަކީ 1994 ގައި ޓޮމް ހޭންކްސް ފެނިގެން ދިޔަ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

"ލާލް ސިންގް ޗައްޑާ" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ.