Roadha Mihaaru
"ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި

ސެންޓާއި ކޮސްމެޓިކްސް އަށް ހާއްސަ "ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި

23 ޖެނުއަރީ 2021

ސެންޓާއި ކޮސްމެޓިކްސް އަށް ޚާއްސަ ކޮށްގެން މާލޭގައި ހުޅުވާފައިވާ "ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސެންޓާއި ކޮސްމެޓިކްސް އަށް ޚާއްސަ ކޮށްގެން މާލޭގައި ހުޅުވާފައިވާ "ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި އެވެ.

ބަނީރާގެ އާ ފިހާރަ ރަސްމީކޮށް ހުޅުވައިދިނީ ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފު (ލަމް) އެވެ.

ދެ ބުރިއަށް ހުންނަ މި ފިހާރަގެ ތިރި ހާއްސަ ކޮށްފައިވަނީ ސެންޓަށެވެ. މަތީބުރީގައި ހުންނަނީ ކޮސްމެޓިކްސް އެވެ.

މަޖީދީ މަގު ސޮނީ ހާޑްވެއާ ކުރިމަތީގައި ހުޅުވި މި ފިހާރަ އިން ގިނަ އަދަދެއްގެ ބްރޭންޑުތަކުގެ އޮރިޖިނިލް ސެންޓާއި ކޮސްމެޓިކް ސާމާނު ލިބޭނެ އެވެ. މީގެ ތެރޭގައި ވިކްޓޯރިއާސް ސީކްރެޓާއި ޖިމީ ޝޫ އާއި ވަސަޗޭ އަދި ގޫޗީ ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ. އެ ފިހާރަ އިން ވަނީ އެމެރިކާގެ މަޝްހޫރު މޭކަޕް ބްރޭންޑް "އޮފީސް" ވެސް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ.

ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު

ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު

ބަނީރާގެ އޮފިޝަލަކު ބުނިގޮތުގައި އެ ފިހާރަ އިން ރާއްޖޭގައި އާއްމުކޮށް ލިބެން ހުންނަ ބްރޭންޑުތައް ވެސް ލިބޭނެ އެވެ. އަދި އެ ފިހާރައިން ވިއްކާ ތަކެތި ލިބެން ހުންނާނީ މިވަގުތު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަނީރާ" ކުރިން ހިންގަމުން އައީ އޮންލައިން ވިޔަފާރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ވިޔަފާރި ފުޅާ ކުރުމަށް ކާނޭޝަން މަގުގައި ކުރިން ފިހާރައެއް ހުޅުވި އެވެ.

ނަމަވެސް ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ފިހާރަ މަޖީދީ މަގަށް ބަދަލުކުރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މައިގަނޑު ސަބަބަކީ ތަނުގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމެވެ.

މި ފިހާރަ ހުޅުވުމުގެ ގޮތުން ބަނީރާއިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފިހާރަ އިން ގަންނަ ކޮންމެ ބާވަތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު

ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު

ހޯލްސޭލްކޮށް ކޮސްމެޓިކްސް ގަންނަން ބޭނުންވާ މީހުންނަށް ވެސް ބަނީރާ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. ހޯލްސޭލް ކުރާ ޕްރޮޑަކްޓުގެ ތެރޭގައި "ކާންޓޫ" ބްރޭންޑުގެ ކޮސްމެޓިކްސް އާއި "އާރު" ސީރީޒްގެ ތަކެތި ހިމެނެ އެވެ.

ބަނީރާ އިން އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފިހާރައިގެ ވެބްސައިޓު https://banira.mv/ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އެވެ.