Roadha Mihaaru
ޔޫރަޕްގެ "ސެނެބެއްލާ" ބޮޑީ މިސްޓް ރާއްޖެއަށް

ޔޫރަޕްގެ "ސެނެބެއްލާ" ބޮޑީ މިސްޓް ބިޔޯންޑުން ތައާރަފުކޮށްފި

30 ޖެނުއަރީ 2022

ޔޫރަޕުގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ "ސެނެބެއްލާ" ގެ ބޮޑީ މިސްޓް ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޔޫރަޕުގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ "ސެނެބެއްލާ" ގެ ބޮޑީ މިސްޓް ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ބްރޭންޑުގެ 58 ވައްތަރެއްގެ ބޮޑީ މިސްޓް މިހާރު ބިޔޯންޑުން ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ފިރިހެނުންނަށް ހާއްސަ ހަ ވައްތަރެއް ހިމެނޭ އެވެ. މިއީ އާއްމުކޮށް ރާއްޖޭން ނުލިބޭ ވަސްތަކެއް ހިމެނޭ ބޮޑީ މިސްޓުތަކެކެވެ.

ސެނެބެއްލާގެ ބޮޑީ މިސްޓުގެ އިތުރުން ބޮޑީ ލޯޝަނާއި ގިފްޓް ޕެކުތައް ވެސް ބިޔޯންޑުން ވަނީ ތައާރަފުކޮށްފަ އެވެ. މި ހުރިހާ ބާވަތެއް ހިމެނޭހެން މިހާރު އެ ކުންފުނިން 76 ވައްތަރެއް ލިބެން ހުންނާނެ އެވެ.

ސެނެބެއްލާގެ ފިރިހެނުންނަށް ހާއްސަ ބޮޑީ މިސްޓް-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސެނެބެއްލާގެ ފިރިހެނުންނަށް ހާއްސަ ބޮޑީ މިސްޓް-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ބިޔޯންޑުން ބުނީ ސެނެބެއްލާގެ ބޮޑި މިސްޓަކީ ގިނައިރު ވަންދެން ވަސް ހުންނަ އަގު ހެޔޮ ކޮލިޓީ އުފެއްދުމެއް ކަމަށެވެ. މިފަދަ ތަފާތު އުފެއްދުންތައް ކުރިއަށް އޮތްތަނުގައި ވެސް ދިވެހިންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބިޔޯންޑަކީ ސެނެބެއްލާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަށްވާއިރު އެ ކުންފުނިން މި ބްރޭންޑުގެ އުފެއްދުންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ. ހޯލްސޭލްކޮށް ބޮޑީ މިސްޓް ގަންނަ ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާއިރު ކޮންމެ ޑަޒަނަކާއެކު ޓެސްޓާ އެއްވެސް ހިލޭ ލިބޭނެ އެވެ.

ސެނެބެއްލާ ބޮޑީ މިސްޓް: ހޯލްސޭލްކޮށް ހާއްސަ އަގެއްގައި ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސެނެބެއްލާ ބޮޑީ މިސްޓް: ހޯލްސޭލްކޮށް ހާއްސަ އަގެއްގައި ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ރާއްޖެއަށް ކާބޯތަކެއްޗާއި ކޮސްމެޓިކްސް ސާމާނު އެތެރެ ކުރަމުން އަންނަ ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެއްޗާ ގުޅެ މައުލޫމާތު އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީ https://buff.ly/316pPnT މެދުވެރިކޮށް ނުވަތަ 9444550/9444551 އަށް ގުޅައިގެން ބަލައިލެވޭނެ އެވެ. ހޯލްސޭލްކޮށް އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން ޖަންބު މަގު ސެންޓްރަލް ކްލިނިކް ކައިރީގައި ހުންނަ ބިޔޯންޑުގެ ޝޯރޫމަށް ގޮސްގެން ވެސް އެ ކުންފުނިން ވިއްކާ ތަކެތި ބަލައިލެވޭނެ އެވެ.