Roadha Mihaaru
ނިއު އެޑިޝަނުން މެޖިކް ބޮޑީ ސްޕްރޭ ހޯލްސޭލްކުރަނީ

ނިއު އެޑިޝަނުން މެޖިކް ބޮޑީ ސްޕްރޭ ހޯލްސޭލްކުރަން ފަށައިފި

19 އޯގަސްޓް 2019

ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން، މެޖިކް ބޮޑީ ސްޕްރޭ ހޯލްސޭލްކޮށް ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން، މެޖިކް ބޮޑީ ސްޕްރޭ ހޯލްސޭލްކޮށް ވިއްކަން ފަށައިފި އެވެ.

މެޖިކް ބޮޑީ ސްޕްރޭ އަކީ މަގުބޫލުކަން ހޯދަމުން އަންނަ، ފްރާންސްގެ ކޮލިޓީ އުފެއްދުމެކެވެ. މިއީ އެހެން ބޮޑީ ސްޕްރޭ ފުޅިތަކަށްވުރެ ބޮޑު، ހައި ކޮންސެންޓްރޭޓެޑް ޕާފިއުމް އޮއިލުން ހަދާފައިވާ އެއްޗެކެވެ. އެގޮތުން ގިނަ ބަޔަކަށް އެންމެ ކަމުދާ 20 ވަހެއް މި ބޮޑީ ސްޕްރޭގައި ހިމެނެ އެވެ.

ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސާ އިސްމާއިލް އަޒްމީ އަދުނާން ބުނީ ކުރިން ވެސް މި ބޮޑީ ސްޕްރޭ އެ ފިހާރަ އިން ވިއްކި ކަމަށެވެ. ނަމަވެސް ހޯލްސޭލް މާކެޓަށް މި ބްރޭންޑް ނެރުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"ކުރިންވެސް ނިއު އެޑިޝަނުން މި ބްރޭންޑްގެ ބޮޑީ ސްޕްރޭ ރާއްޖެ އަށް ގެނެސްގެން ވިއްކަމުންދިޔަ. އޭރު ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެހެންކަމުން އަޅުގަނޑުމެން މިހާރު މިވަނީ މި ބޮޑީ ސްޕްރޭގެ ޑިސްޓްރިބިއުޓާޝިޕް ހޯދައި ހޯލްސޭލްކޮށް ވިއްކަން ފަށާފައި،" އަޒްމީ ބުންޏެވެ.

ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން ވިއްކަނީ މި ބޮޑީ ސްޕްރޭގެ 250 އެމްއެލްގެ ފުޅި އެވެ. މީގެ ފުޅިއެއް އެތަނުން ރީޓެއިލްކޮށް 50ރ. އަށް ލިބޭނެ އެވެ. ކުރިން މި ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓުގައި ހުރީ 80ރ. އަށެވެ.

ނިއުއެޑިޝަނުން ލިބޭ އެހެން ބްރޭންޑްތަކުގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް އާއި ލޭޔާ ޝޮޓް އާއި ކަންޓޫ އާއި ބާތު އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.