Roadha Mihaaru
އަންހެނުންނަށް ގޮނޑި ޚާއްސަކުރުން: ހުކުމް އިއްވަނީ

އަންހެނުންނަށް ކައުންސިިލްތަކުން ގޮނޑި ޚާއްސަކުރި މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

19 ޖެނުއަރީ 2021

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރަން ލާ މަރުކަޒީ ގާނޫނަށް ގެނައިި އިސްލާހު ބާތިލް ކުރުމުގެ މައްސަލައިގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރަން ލާ މަރުކަޒީ ގާނޫނަށް ގެނައިި އިސްލާހު ބާތިލް ކުރުމުގެ މައްސަލައިގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރަން ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރުު މަހު އެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.

މޫސާ އަންވަރުގެ މައްސަލާގައި ބުުނެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، ކައުންސިލްތަކުގެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިންތިޚާބީ ހައްގަށް ހުރަސް އެޅޭ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ރައްދުގައި ދައުލަތުން ބުނަނީ ހަމަހަމަ ކަން ގާއިމް ކުރުމަށްޓަކައި އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރީ އެ އުސޫލުގެ ދަށުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.