އާތުރައިޓިސް ހުންނަ ބައެއް މީހުންނަކީ އެ ތަދަށް ކެތް ނުކުރެވިގެން އަބަދު ތަދުކަނޑުވާ ބޭސް ކާން ޖެހޭ ބައެކެވެ. ނަމަވެސް ބައެއް ކަހަލަ ކާނާ އިން ވެސް އާތުރައިޓިސް ތަދަށް ލުއި ލިބޭކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
08 ނޮވެމްބަރ 2016
އާތުރައިޓިސް ހުންނަ ބައެއް މީހުންނަކީ އެ ތަދަށް ކެތް ނުކުރެވިގެން އަބަދު ތަދުކަނޑުވާ ބޭސް ކާން ޖެހޭ ބައެކެވެ. ނަމަވެސް ބައެއް ކަހަލަ ކާނާ އިން ވެސް އާތުރައިޓިސް ތަދަށް ލުއި ލިބޭކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
މިފަދަ އެކައްޗަކީ ކައްޓަލަ އެވެ. ކައްޓަލާގައި އާތުރައިޓިސް އާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކެއް ހުރެ އެވެ. އަދި މިއީ އިންފްލެމޭޝަންއާ ދެކޮޅަށް ވެސް މަސައްކަތްކުރާ އެއްޗެކެވެ.
އާތުރައިޓިސް ހުންނަ މީހުން ކައްޓަލަ ކެއުން އާދަކުރަންވީ ސަބަބަކީ ކެއުމުގެ ޒަރިއްޔާއިން ހަށިގަނޑަށް ބީޓާ-ކެރޮޓީން ލިބޭ އެއް ވަސީލަތަކަށް ކައްޓަލަ ވާތީ އެވެ. އަދި ދުވާލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިންސީ ވެސް ކައްޓަލަ ކެއުމުން ލިބެ އެވެ.
އާތުރައިޓިސް އަކީ ހުޅުތަކުގައި އިންފްލެމޭޝަން އުފެދުމުގެ ސަބަބުން ވަރަށް ގަދަޔަށް ރިއްސާ ބައްޔެކެވެ. އިންފްލެމޭޝަން އަކީ ހަލާކުވެފައިވާ ސެލްތަކުން ދޫކުރާ ކެމިކަލް އެލާމް ސިގްނަލްތަކެއްގެ ސަބަބުން އެ ހިސާބަކަށް އިމިއުން ސެލްތައް ޖަމާވުމުން ދިމާވާ މައްސަލަތަކެވެ.
މި ކެމިކަލްތަކުގެ ސަބަބުން ވަރަށް ކުދިކުދި ލޭނާރުތައް ފުޅާވެ އެތަނަށް އޮކްސިޖަން، ނިއުޓްރިއަންޓްސް އަދި ވައިޓް ބްލަޑް ސެލްސް ޖަމާވާ ގޮތް ވެ އެވެ. މިކަމުގެ ސަބަބުން ފަސޭހަވުން ލަސްވެ އެވެ. މި މައްސަލަ ޖެހުމުން ނާރުތަކުގެ ކުރިއަށް ވެސް ތަދު ފޮނުވަ އެވެ؛ ކޮންމެވެސް ގޯހެއް އުޅޭކަން އެންގުމަށެވެ. އަދި ބޭނުންވުމުން އިންފްލެމޭޝަން ހުރި ހިސާބު ހަރަކާތްކުރެވޭ ވަރުވެސް ދަށްކުރެ އެވެ. އެތަނަށް އިތުރު އަނިޔާއެއް ވިޔަ ނުދިނުމަށެވެ.
އިންފްލޭމޭޝަން އެއް އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށަނީ މި ރިއެކްޝަންތަކުގެ ސަބަބުން އެހިސާބު ރަތްވުމާއި ދުޅަވުން، ހޫނުކަން އިތުރުވުން، ތަދުވުން އަދި ވާންވެފައި ހުރުން ފަދަ ކަންތަކުންނެވެ. އާތުރައިޓިސްގެ ސަބަބުން ރިއްސާ ރިއްސުމަށް އާއްމުކޮށް ދޭ ޕެއިންކިލާ ނުވަތަ ތަދުކަނޑުވާ ބޭހުގެ ތެރޭގައި އައިބިއުޕްރޮފެން ހިމެނެ އެވެ. ނަމަވެސް މި ބޭސް ހާޓް ފެއިލިއާ އާ ގުޅުންހުރިކަމަށް ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. އަދި ތަޖުރިބާކާރުން ބުނާ ގޮތުގައި ބޭސް ސިޓީއާ ނުލާ ގަންނަން ލިބޭ ތަދުކަނޑުވާ ބޭސްތަކުގައި ވެސް މިފަދަ ގެއްލުންތައް ހުރެ އެވެ. އެހެންކަމުން ގިނަ މީހުން މިހާރު ބޭސް ކެއުމުގެ ބަދަލުގައި ގުދުރަތީ ފަރުވާތައް ނުވަތަ ނެޗުރަލް ރިމެޑީޒް ތައް ހޯދަން ޝައުގުވެރިވެ އެވެ.
އާތުރައިޓިސް ހުންނަ މީހުން ކާން އެންމެ ރަނގަޅު އެކައްޗަކީ ކައްޓަލަ
އާތުރައިޓީސް އާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ލީން މެކްޓެގާޓް ވިދާޅުވަނީ އާތުރައިޓިސް މައްސަލަތައް ހައްލުކުރަން ކެއުން އެންމެ ރަނގަޅު އެއްޗަކީ ތަރުކާރީގެ ބާވަތްތަކެވެ. ޚާއްސަކޮށް ފެހިކުލަގަދަ ފަތާއި އަލި ކުލަކުލައިގެ ތަރުކާރީ އެވެ. އޭގެ ތެރެއިން ވެސް ކާލޭ، ސްޕިނެޗް، ބީޓްރޫޓް، ޕެޕާ، ކެރޮޓް، ކައްޓަލަ (ހުދު ވައްތަރެއް ނޫން)، އަލަ، ފިޔާ، ޓާނިޕް، ސްކޯޝް އަދި މަޝްރޫމް އޭނާ ފާހަގަ ކުރެއްވި އެވެ.
ބޮނޑިބޮނޑިއަށް ހުންނަ ތަރުކާރީގެ ތެރޭގައި ހިމެނޭ ބްރޮކޮލީ، ބްރަސަލްސް ސްޕްރައުޓްސް އަކީ އާތުރައިޓިސްގެ ސަބަބުން ރިއްސާ ރިއްސުން ފަސޭހަ ކޮށްދޭނެ ބާވަތްތަކެވެ. އަދި އެސްޕެރަގަސް، ޕަކް ޗޮއި، ކޯލީފްލާވާ، ސެލެރީ، ކެބޭޖް އަދި ފެނެލް ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބްރޮކޮލީ އަކީ އާތުރައިޓިސް އާ ހަނގުރާމަކޮށް މޮޅުވާ ޗެމްޕިއަނެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބްރޮކޮލީ ކޮންމެ ދުވަހަކު ކެއުމަކީ އޮސްޓިއޯއާތުރައިޓިސް ޖެހުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން އޮރެންޖުކުލަ ގަދަ ތަރުކާރީ ގިނައިން ކެއުމަކީ އާތުރައިޓިސް ހުންނަ މީހުންނަށް ލުއި ލިބޭނެކަމެކެވެ.
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ހެޕީމާކެޓުން ދިނީ އުފާވެރި ޚަބަރެއް، ތައުރީފު އޮހެނީ
ބަރުދަން ލުއިކުރަން މުހިންމު 5
އަލުވި ރޯސްކުރަން ހާއްސަ ފޯމިއުލާއެއް
ވިޓަމިން ބީ12 ކިހާ މުހިއްމު މާއްދާއެއް؟
ފިރިހެނުން ޓޮމާޓޯ ކާންޖެހޭ ހާއްސަ ސަބަބެއް
ކުޑަކުދިންނަށް ހާއްސަ "ސެލަޑް ފްރޮސްޓިން" އެއް
އާތުރައިޓިސް ހުންނަ ނަމަ މި އެއްޗިއްސާ ދުރުވޭ
ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ
ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ