އާތުރައިޓިސް ޖެހިފައިވާ މީހެއްގެ އެންމެ ބޮޑު ދުޝްމިނަކީ ދުޅަ އެވެ. މިހެންވެ ދުޅައަށް މަގުފަހިވާ ބާވަތްތަކުގެ ކާނާއާ ދުރުވުން މުހިންމެވެ. ދުޅަވުމަށް މަގުފަހިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކާނާއެއް ވެސް ނޫނެވެ. އާންމުކޮށް ކޮންމެ ދުވަހަކު ބޯން ބޭނުންކުރާ ބައެއް ބުއިންތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
05 އެޕްރީލް 2019
އާތުރައިޓިސް ޖެހިފައިވާ މީހެއްގެ އެންމެ ބޮޑު ދުޝްމިނަކީ ދުޅަ އެވެ. މިހެންވެ ދުޅައަށް މަގުފަހިވާ ބާވަތްތަކުގެ ކާނާއާ ދުރުވުން މުހިންމެވެ. ދުޅަވުމަށް މަގުފަހިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކާނާއެއް ވެސް ނޫނެވެ. އާންމުކޮށް ކޮންމެ ދުވަހަކު ބޯން ބޭނުންކުރާ ބައެއް ބުއިންތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ތިރީގައި މި ހިމަނާލަނީ އާތުރައިޓިސް ޖެހިފައިވާ މީހުން ބޭނުންކުރުން ނުރަނގަޅު ބައެއް ކާނާ އާއި ބުއިމެވެ.
ލިސްޓެއް ހަދައިގެން އެއްވަނަ ލިބޭނީ އެނާޖީ ޑްރިންކަށެވެ. އެއީ އޭގައި ފައިދާ ލިބޭ އެއްވެސް ކަމެއް ހިމެނިފައިނުވުމެވެ. އޭގައި ހިމެނޭ ކެފެއިން ލެވެލް މަތިވުމުގެ ސަބަބުން ފިޓް ޖެހުމާއި ހާޓް އެޓޭކް ޖެހުމަށް މަގު ފަހިކުރުވާ ސަބަބަކަށް އެނާޖީ ޑްރިންކް ވެ އެވެ. އަދި މިފަދަ ބުއިންތަކުގައި ހަކުރު ގިނަކަމުން އެ ނުރައްކާ ވެސް ބޮޑެވެ.
ހަކުރާއި ކެފެއިން އަކީ ދުޅައަށް މަގުފަހިކުރާ ދެ ބާވަތެވެ. އަދި އެނާޖީ ޑްރިންކަކީ އެސިޑްގެ ބައި ވެސް ވަރަށް މައްޗަށް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަދި ހޯދުންތަކުން ހާމަވެފައިވާ ގޮތުން މަތީ މިންވަރަކަށް އެސިޑްގެ ބައި ހިމެނޭ ބުއިންތަކުން ކަށީގައި ހުންނަ ބޭނުންތެރި ކެލްސިއަމްގެ ބައި ވަރަށް އަވަހަށް އުނިކޮށްލައި އެއްކަށިގަނޑު އަނެއް ކަށިގަނޑާ ގުޅިފައިވާ ހިސާބުގެ ބާރުދެރަކޮށްލަ އެވެ.
އާތުރައިޓިސް ޖެހިފައިވާ ބައެއް މީހުންނަށް، ކިރުގައި ހިމެނޭ ކޭސިން ކިޔާ މާއްދާއެއްގެ ސަބަބުން ދުޅަވުމަށް މަގުފަހިކޮށްދެ އެވެ. ބައެއްވައްތަރުގެ އާތުރައިޓިސް ގައި މި ކޭސިން އިން ދިފާއުވުމަށް ހަށިގަނޑު އޭގެ ޒާތުގައި އެންޓިބޮޑީސް އުފައްދާ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި އެންޓިބޮޑީސް ދެން މެދުވެރިކުރާ ދުޅައިން ކުރިއްސުރެ ނާޒުކުރ ޖޮއިންޓްތަކަށް އިތުރު ވޭނަކަށްވެ އެވެ. ކައްކާފައި ހުންނަ ކިރުގައި ކޭސިންގެ ބައި ހިމެނޭލެއް މަދުވެ އެހެން ބާވަތްތަކަށްވުރެ ރަނގަޅު ވެދާނެ އެވެ. ޔަގީން ކުރެވެން އޮންނާނީ ތަޖުރިބާކުރުމަށްފަހުގަ އެވެ. ފަހަރެއްގައި ވަކި ކަހަލަ އާތުރައިޓިސްއެއްގައި ކިރުގެ ބާވަތްތަކުން ދުޅައަށް މަގުފަހި ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޓޮމާޓޯ އަކީ އާތުރައިޓިސް ހުންނަ މީހުން ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫންކަމުގައި މާ ކުރިއްސުރެ ވެސް ބަލައިގެންފި އެވެ. ސަބަބަކީ ޓޮމާޓޯގައި އެކުލެވޭ "ސޮލަނައިން" ކިޔާ މާއްދާއިން ދުޅަވުމަށް މަގުފަހިވާތީ އެވެ.
ކޮފީ އަކީ ފައިދާ އާއި ގެއްލުން، ދެ ބަޔަކަށް ބެހިގެންދާ އެއްޗެކެވެ. އެއްކޮޅުން ބަލާއިރު ކޮފީގައި ހިމެނޭ "އެންޓިއޮކްސިޑެންޓް ޕޮލިފެނޯލްސް" އިން ދުޅަ މަޑުކޮށްދީ ސެލްތަކަށް ލިބޭ ގެއްލުންތައް މަދުކޮށްދެ އެވެ. އަނެއްކޮޅުން ބަލަންޏާ އޭގައި ކެފެއިން ހިމެނެ އެވެ. އެސިޑްގެ ބައި އެކުލެވުމާއެކު އަދި އެއީ ބައެއްފަހަރު، ގިނަ އަދަދަކަށް ހަކުރާއި ކްރީމް އަޅައިގެން ތައްޔާރުކުރާ ބުއިމެކެވެ. ކޮފީން އާތްރައިޓިސްގެ ދުޅަ އާއި ރިހުން އިތުރު ވާކަމެއް ނުވަތަ ނޫންކަމެއް ވެސް ތަޖުރިބާކޮށްލުމުން ތަފާތެއް ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގައި ހިމެނޭ ހަކުރާއި ކްރީމްގެ ސަބަބުން އެންޓިއޮކްސިޑެންޓްގެ ފައިދާ ފިލައިގެން ދިއުން ވެސް އެކަށީގެންވެ އެވެ.
އާތުރައިޓިސް ޖެހިފައިވާ މީހުން އެނާޖީ ޑްރިންކާ ދުރުވާ އުސޫލުން ފިޒީ ބުއިންތަކާ ވެސް ދުރުވާން ޖެހެ އެވެ. މިބާވަތުގެ ބުއިންތަކުގައި ވެސް މަތީ މިންވަރަކަށް ހަކުރާއި ކެފެއިން އަދި އެސިޑްގެ ބައި ހިމެނެ އެވެ. މިބުއިންތަކުން މީހާ ފަލަވުމަށް ވެސް މަގުފަހިކުރުވަ އެވެ. އަދި ފަލަވުމަކީ އާތުރައިޓިސްގެ ވޭން ތަހައްމަލު ކުރަމުންދާ ބަލި ޖޮއިންޓްތަކަށް އިތުރު ޕްރެޝަރެއް ގެނެސްދޭނެ ކަމެކެވެ.
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
އޮމްނިކޫރިސް: ހިޖާމާއަށް ހާއްސަ ކްލިނިކެއް
ކިރާއި ގެރިމަހުން އާތުރައިޓިސްގެ ނުރައްކާ ބޮޑުވޭ
ހުޅުތަކުގައި ރިއްސަނީ ވިއްސާރަ ވާތީއެއް ނޫން: ދިރާސާ
އާތުރައިޓިސް ހުންނަ މާބަނޑު މީހުން ސަމާލުވާން ޖެހޭ
އާތުރައިޓިސް ހުންނަ މީހުން ކައްޓަލަ ކެއުމުން ލުއި ލިބޭ
އިތުރުގަޑީ ފައިސާގެ މައްސަލަ ހައްލުކުރަން ގޮވާލައިފި
ދުންފަތް ވިއްކަން ބޭނުންވާ ލައިސަންސަށް ހުޅުވާލައިފި
ހުޅުމާލެ ހޮސްޕިޓަލްގައި ވޫންޑް ކެއާ ކްލިނިކް ހުޅުވައިފި
ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ