17 ޖެނުއަރީ 2021
ވޮޝިންޓަން (ޖެނުއަރީ 17) - އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން އަންނަ ބުދަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންވާ އިރު ހިންގަފާނެ ހަމަނުޖެހުމަކަށް އެމެރިކާގެ 50 ސްޓޭޓް އެލާޓަށް ގެނެސްފި އެވެ.
ވޮޝިންޓަން (ޖެނުއަރީ 17) - އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން އަންނަ ބުދަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންވާ އިރު ހިންގަފާނެ ހަމަނުޖެހުމަކަށް އެމެރިކާގެ 50 ސްޓޭޓް އެލާޓަށް ގެނެސްފި އެވެ.
ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ފަދަ ހަމަނުޖެހުމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގައުމުގެ އެކި ހިސާބުތަކުން ނޭޝަނަލް ގާޑުގެ ސިފައިން ވަނީ ވޮޝިންޓަނަށް ފޮނުވައިފަ އެވެ. އެމެރިކާގެ 50 ސްޓޭޓުގައި ޓްރަމްޕަކަށް ތާއީދު ކުރުމުގެ މުޒާހަރާތައް ބާއްވަފާނެކަމުގެ އިންޒާރު އެފްބީއައި އިން ވަނީ ދީފަ އެވެ.
ނޭޝަނަލް ގާޑުގެ ސިފައިން ވޮޝިންޓަނުގެ ކެޕިޓަލް އިމާރާތުގެ ބޭރުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ވެރިރަށުގެ އެކި މަގުތަކުގައި މިހާރު ދަނީ ބެރިކޭޑް ޖަހަމުންނެވެ. ބައިޑަންގެ ޓީމުން މިހާރު ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގައުމުގެ އެކި ހިސާބުތަކުން ވޮޝިންޓަނަށް ސަޕޯޓަރުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ބައިޑަން ހުވާ ކުރައްވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ދެ ފަހަރަށް އިމްޕީޗްކޮށްފަ އެވެ. ޓްރަމްޕުގެ މައްސަލަ ދެން ކުރިއަށް ގެންދާނީ ސެނެޓުގަ އެވެ. ޓްރަމްޕުގެ ސިޔާސީ ކުރިމަގު ގުޅިފައި ވަނީ ސެނެޓުން ނިންމާ ގޮތަކަށެވެ.
އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ބޭރުގައި ފެންސެއް ޖަހަނީ. --ފޮޓޯ:އީޕީއޭ
ޓްރަމްޕުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަފާނެތީ މެރީލޭންޑް، ނިއު މެކްސިކޯ އަދި ޔޫޓާގެ ގަވަރުނަރުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ކެލިފޯނިއާ، ޕެންސިލްވޭނިއާ، މިޝިގަން، ވާޖީނިއާ، ވޮޝިންޓަން އަދި ވިސްކޮންސިންގައި ވަނީ ނޭޝަލް ގާޑުން ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
ހަމަނުޖެހުން ބޮޑުވެދާނެހެން ހީވާ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ބޭރުގައި ވެސް ދަނީ ހަ ފޫޓް އުސް ފެންސެއް ޖަހަމުންނެވެ.
ބައިޑަން ހުވާކުރައްވާއިރު ޓްރަމްޕް ވޮޝިންޓަނުން ބޭރުގައި
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް
ބައިޑަންގެ އުއްމީދީ ތިމާވެށި ޓީމު އިއުލާންކޮށްފި
ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއްގެ ވަގުތު
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް
ބައިޑަންއަށް ވައިޓްހައުސްއަށް ވަދެވޭނީ ސައްހަ ވޯޓާއެކު
އިންތިޚާބު ގަޑުބަޑު ކުރަން ފުރުސަތެއް ނުދޭނެ: ބައިޑަން