26 ނޮވެމްބަރ 2020
ޑެލަވެއާ (ނޮވެމްބަރު 26) - އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ "ގަޑުބަޑު ކުރަން" ބަޔަކު މަސައްކަތް ކުރި ނަމަވެސް އެމެރިކާގެ ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޑެލަވެއާ (ނޮވެމްބަރު 26) - އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ "ގަޑުބަޑު ކުރަން" ބަޔަކު މަސައްކަތް ކުރި ނަމަވެސް އެމެރިކާގެ ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
އުފަން ސްޓޭޓް ޑެލަވެއާގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އެމެރިކާ މީހުންނަށް އިންތިޚާބުތަކަކީ މިނިވަން، އިންސާފުވެރި އެއްޗެއް ކަމަށާއި ނަތީޖާ ލިބުމުން އެ މީހުން އެއަށް އިހުތިރާމް ކުރާނެ ކަމަށެވެ.
"މި ގައުމުގެ ރައްޔިތުންނާއި މި ގައުމުގެ ގާނޫނުތައް އެ ނޫން ގޮތަކަށް ފުރުސަތެއް ނުދޭނެ،" ބައިޑަން ވިދާޅުވި އެވެ.
އިންތިޚާބު ބޭއްވިތާ ތިން ހަފުތާވީއިރު ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިޚާބުގައި މަކަރު ހަދައި ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ.
ބަލި ގަބޫލް ނުކުރެއްވިއަސް ޓްރަމްޕް "އަމާންދެއްވުމަށް" މަޖްބޫރުވި އެއް ކަމަކީ ޕެންސިލްވޭނިއާގެ ވޯޓުން ބައިޑަން ކާމިޔާބު ހޯއްދެވި ކަމަށް ރަސްމީކޮށް އިއުލާން ކުރުމެވެ. އެތައް ބައެއްގެ ޕްރެޝަރާ އެކު އެންމެ ފަހުން ޓްރަމްޕް މިދިޔަ ހޯމަ ދުވަހު ވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދަން އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް ބައިޑަން އަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ.
އިންތިޚާބުގެ ކުރިން ވެސް ޓްރަމްޕް ގެންދެވީ ނާކާމިޔާބުވެއްޖެ ނަމަ ބަލި ގަބޫލް ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެންބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ޓްރަމްޕުގެ ބަސްމަގު އެގޮތަށް ހުރުމާ އެކު، އެމަނިކުފާން ބަލި ގަބޫލް ނުކުރެއްވުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
ބައިޑަން ހުވާކުރައްވާއިރު ޓްރަމްޕް ވޮޝިންޓަނުން ބޭރުގައި
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް
ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއްގެ ވަގުތު
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް
ބައިޑަންއަށް ވައިޓްހައުސްއަށް ވަދެވޭނީ ސައްހަ ވޯޓާއެކު
އެމެރިކާގެ މަގާމަށް އަލުން އާދެވިއްޖެ: ބައިޑަން
ޕެންސިލްވޭނިއާ ކާމިޔާބުކުރީ ބައިޑަންކަން ސެޓިފައިކޮށްފި