25 ނޮވެމްބަރ 2020
ޑެލަވެއާ (ނޮވެމްބަރު 25) - އެމެރިކާގެ މަގާމަށް އަލުން އާދެވިއްޖެ ކަމަށާއި ދުނިޔެ ލީޑް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޑެލަވެއާ (ނޮވެމްބަރު 25) - އެމެރިކާގެ މަގާމަށް އަލުން އާދެވިއްޖެ ކަމަށާއި ދުނިޔެ ލީޑް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަންނަވާ ބައިޑަންގެ ސަރުކާރުގެ މުހިންމު ހަ މަގާމެއް އިއުލާން ކުރައްވަމުން އެމަނިކުފާން ވަނީ މުހިންމު ތިން ކަމެއް ފާހަގަ ކުރައްވައިފަ އެވެ. ޑެލަވެއާގެ ވިލްމިންޓަންގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ގުޅުންތައް އަލުން ވަރުގަދަ ކުރުމާއި ކޮރޯނާވައިރަހާ ދެކޮޅަށް އަދި މޫސުމީ މައްސަލަތަކާ ދެކޮޅަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ ދުނިޔޭގެ ލީޑަރެއްގެ ގޮތުން އެމެރިކާ މަސައްކަތް ކރާތަން އަނެއްކާވެސް ބެލުމަށް ކެތް މަދުވެފައިވާ ކަމަށެވެ.
"މި ރައީސް، ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ހައިބަތު ބަދަލުކޮށްފައި. އެމެރިކާ ފަސްޓް (ފުރަތަމަ) ވަނީ އެމެރިކާ އެކަހެރިކޮށްލުމަށް ބަދަލުކޮށްފައި،" އެންބީސީ ނިއުސް އަށް ބައިޑަން ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ޕްލޭން އާއި ވެކްސިން ފޯރުކޮށްދޭނެ ގޮތުގެ ޕްލޭންތައް ހަދާފައިވާ ކަމަށެވެ.
ރައީސް ބަރަކް އޮބާމާގެ ނައިބަކަށް ހުންނެވި ބައިޑަން ވިދާޅުވީ މި ފަހަރުގެ ވެރިކަން "އޮބާމާގެ ތިން ވަނަ ދައުރަކަށް" ނުވާނެ ކަމަށެވެ. އޮބާމާ-ބައިޑަންގެ ވެރިކަން ކުރި ދުވަސްވަރަށް ވުރެ ދުނިޔެ މިހާރު މާބޮޑަށް ބަދަލުވެފައިވާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
* އެންތަނީ ބްލިންކެން: ސެކްރެޓަރީ އޮފް ސްޓޭޓް
* ޖޯން ކެރީ: ތިމާވެއްޓާ ބެހޭ މަންދޫބު
* އަވްރިލް ހައިންސް: ޑިރެކްޓަ އޮފް އިންޓަލިޖެންސް
* އަލިހަންދުރޯ މަޔޯކަސް: ސެކްރެޓަރީ އޮފް ހޯމްލޭންޑް
* ޖޭކް ސުލިވަން: ވައިޓް ހައުސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު
* ލިންޑާ ތޯމަސް-ގްރީންފީލްޑް: އދ. އަށް ކަނޑައަޅާ އެމެރިކާގެ ސަފީރު
ބައިޑަން ހުވާކުރައްވާއިރު ޓްރަމްޕް ވޮޝިންޓަނުން ބޭރުގައި
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް
ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއްގެ ވަގުތު
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް
ބައިޑަންއަށް ވައިޓްހައުސްއަށް ވަދެވޭނީ ސައްހަ ވޯޓާއެކު
އިންތިޚާބު ގަޑުބަޑު ކުރަން ފުރުސަތެއް ނުދޭނެ: ބައިޑަން
ޕެންސިލްވޭނިއާ ކާމިޔާބުކުރީ ބައިޑަންކަން ސެޓިފައިކޮށްފި