07 ނޮވެމްބަރ 2016
މިހާރު އިރާގަށް ފޮނުވާފައިވާ އިނގިރޭސި ވިލާތުގެ ޚާއްސަ ސިފައިންގެ ލަޝްކަރު (ސްޕެޝަލް އެއާ ސާވިސް) ނުވަތަ އެސްއޭއެސް އަކީ، އެ ލަޝްކަރުގެ 75 އަހަރުވީ މުޅި ތާރީޚުގައި ވެސް އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި ގައުމުން ބޭރަށް ފޮނުވި ލަޝްކަރެވެ.
މިހާރު އިރާގަށް ފޮނުވާފައިވާ އިނގިރޭސި ވިލާތުގެ ޚާއްސަ ސިފައިންގެ ލަޝްކަރު (ސްޕެޝަލް އެއާ ސާވިސް) ނުވަތަ އެސްއޭއެސް އަކީ، އެ ލަޝްކަރުގެ 75 އަހަރުވީ މުޅި ތާރީޚުގައި ވެސް އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި ގައުމުން ބޭރަށް ފޮނުވި ލަޝްކަރެވެ.
ސަންޑޭ ޓައިމްސް ނޫހުން ބުނާ ގޮތުގައި އެ ލަޝްކަރުގެ ސިފައިން މި ވަގުތު އިރާގުގައި ހަރަކާތްތެރިވަމުން ދަނީ މަރަންޖެހޭ 200 މީހުންގެ ލިސްޓަކާ އެކުގަ އެވެ. އެ ލަޝްކަރުގެ ޒިންމާއަކީ ކޮންމެ ގޮތަކުން ވިޔަސް އެ 200 މީހުން، އެނބުރި އިނގިރޭސި ވިލާތަށް ދިއުމުގެ ކުރިން މަރައިލުން ނުވަތަ ހިފައި ހައްޔަރު ކުރުމެވެ. އެއީ ޖިހާދު ކުރުމުގެ ނަމުގައި އިރާގަށް ގޮސް އުޅޭ އިނގިރޭސި ވިލާތުގެ 200 ރައްޔިތުންނެވެ.
އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެ ގައުމަށް ނިސްބަތްވާ ހަނގުރާމަވެރިން އަތުލައިގަތުމުގެ ނުވަތަ މަރައިލުމުގެ އަސްކަރީ ހަރަކާތްތަކެއް މިހާރު ދަނީ ކުރިއަށެވެ. މިއީ އެތައް ގައުމެއް ގުޅިގެން ހިންގާ އަސްކަރީ ހަރަކާތެކެވެ. އޭގެ ތެރެއިން އިނގިރޭސި ވިލާތުގެ ޚާއްސަ ލަޝްކަރުގެ ސިފައިންނާ ހަވާލުވެފައިވަނީ އެ ގައުމަށް ނިސްބަތްވާ ހަނގުރާމަ ވެރިން މަރައިލުން ނުވަތަ އަތުލައިގަތުމެވެ.
އިރާގު ހަނގުރާމައިގައި ޖިހާދު ކުރުމުގެ ނަމުގައި ބައިވެރިވަމުން ދަނީ އިނގިރޭސި ވިލާތުގެ ކިތައް މީހުން ކަމެއް އިނގިރޭސި އަސްކަރިއްޔާ އަށް ވެސް އަދި ދިފާއީ ވުޒާރާ އަށް ވެސް ނޭނގެ އެވެ. އަދި އެއީ ކޮންކޮން ބައެއް ކަމުގެ ކަށަވަރު މައުލޫމާތެއް ވެސް ލިބިފައި ނެތުމަކީ އެމީހުންގެ ދުވަސް ދުއްވައިލުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށްވާނެ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސީރިޔާ އާއި އިރާގުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެ ދެ ގައުމަށް ގޮސްފައިވާ އިނގިރޭސި ރައްޔިތުންގެ އަދަދު 700 އަށް ވުރެ ގިނަ ވާނެ އެވެ. އޭގެ ތެރެއިން ވެސް އިނގިރޭސި ޚާއްސަ ލަޝްކަރުގެ ސިފައިންގެ އަމާޒަކަށް ވެފައިވަނީ، އިނގިރޭސި ވިލާތަށް އެންމެ ބޮޑަށް ނުރައްކާ ކުރާނެ ކަމަށް ބެލެވޭ 200 ހަނގުރާމަވެރިންނެވެ. އެއީ އިސްލާމީ އަސްކަރީ ޖަމާއަތްތަކުގެ އިސް މީހުންގެ ގޮތުގައި އިނގިރޭސި ވިލާތުން ފާހަގަ ކޮށްފައިވާ މީހުންނެވެ.
ޚާއްސަ ސިފައިންގެ ލަޝްކަރުން އަމާޒު ކޮށްފައިވާ 200 ހަނގުރާމަވެރިންގެ ތެރޭގައި، އިނގިރޭސި ވިލާތުގެ ޔުނިވާސިޓީތަކުން އިލެކްޓްރޯނިކްގެ ރޮނގުން ތައުލީމް ހާސިލްކޮށް ބޮން ހެދުމުގެ ތަޖުރިބާ ހޯދައިގެން މެދުއިރުމަތީގެ ގައުމުތަކަށް ގޮސްފައިވާ 12 މީހަކު ހިމެނެ އެވެ. އެ މީހުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިފައިވަނީ މެދުއިރުމައްޗަށް ދިއުމަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިރާގުގެ ތެރެއިން އޭގެ އެއްވެސް މީހަކު އަތުލައިގަނެވިއްޖެ ނަމަ، ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ އިރާގު ސަރުކާރާ އެވެ. އެއީ އެފަދަ ކުށްތަކުގައި ޝަރީއަތް ކުރުމަށް ފަހު މަރުގެ އަދަބު ތަންފީޒު ކުރާތީ އެވެ.
ލަފާ ކުރެވޭ ގޮތުގައި ސީރިޔާ އާއި އިރާގުގައި އިނގިރޭސި ވިލާތުގެ ޚާއްސަ ލަޝްކަރުގެ 100 އެއްހާ ސިފައިން ހަރަކާތްތެރިވަމުން އެބަދެ އެވެ.
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި
އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރު
ބިދޭސީ ލަޝްކަރެއް ބޭނުމެއް ނޫން: އިރާގުގެ ބޮޑުވަޒީރު
ދެން އޮތީ ފަސާދައާ ދެކޮޅު ހަނގުރާމަ: އައްބާދީ
އިރާގާއި ސީރިޔާގައި މިހާރު ތިބީ އައިއެސްގެ ހާހެއްހާ
އައިއެސް ބަލިވިކަން އަދިވެސް ޔަގީނެއް ނޫން
އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފަ
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ