Roadha Mihaaru
އިންޓަނެޓް ކުންފުންޏަކުން އިލެކްޓްރިކް ކާރު އުފައްދަނީ

ޗައިނާގެ އިންޓަނެޓް ކުންފުންޏަކުން އިލެކްޓްރިކް ކާރު އުފައްދަނީ

09 ޖެނުއަރީ 2021

ސާޗް އިންޖީނެއްގެ ގޮތުގައި މަޝްހޫރު ޗައިނާގެ އިންޓަނެޓް ކުންފުނި ބައިޑޫ އިން އިލެކްޓްރިކް ކާރު އުފައްދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސާޗް އިންޖީނެއްގެ ގޮތުގައި މަޝްހޫރު ޗައިނާގެ އިންޓަނެޓް ކުންފުނި ބައިޑޫ އިން އިލެކްޓްރިކް ކާރު އުފައްދަން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން ޒަމާނީ އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ނުކުންނަނީ ޗައިނާގައި އެންމެ ފުޅާކޮށް ވެހިކަލްތައް އުފައްދާ ޕްރައިވެޓް ކުންފުނި ގީލީގެ އެހީތެރިކަމާ އެކީގަ އެވެ.

އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރި އަށް ނުކުންނަން ބައިޑޫ ފޫގަޅާފައިވާ އިރު އެ ކުންފުންޏަކީ "ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ" ތަރައްގީކުރުމުގައި ތަޖުރިބާތަކެއް ހުރި އޮޓޮމަނަސް ވެހިކަލްތަކުގެ ދާއިރާ ޗައިނާގެ އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި އިލެކްޓްރިކް ކާރު އުފެއްދުމުގެ ގޮތުން ބައިޑޫ އާއި ގީލީ ގުޅިގެން ޖޮއިންޓްވެންޗަ ކުންފުންޏެއް ވެސް އުދެއްދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ދެ ކުންފުނީގެ މެދުގައި ކުރެވެމުން އަންނަ އިރު ޖޮއިންޓް ވެންޗާގެ މެޖޯރިޓީ ހިއްސާ އޮންނާނީ ވެސް ބައިޑޫ އަށް ކަމަށް ބުންޏެވެ.

ބައިޑޫ އަކީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެއް.

ބައިޑޫ އަކީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެއް.

ދުނިޔޭގެ ދެވަނަ އިގުތިސާދީ ބާރުގެ ގޮތުގައި ޗައިނާ އަކީ މި ފަހަކަށް އައިސް ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކަށް ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ގައުމެކެވެ. އިލެކްޓްރިކް ކާރުތައް އުފެއްދުމަކީ ވެސް މި މަސައްކަތުގެ ބައެކެވެ. އެގޮތުން ސަރުކާރުން އަންނަނީ "ގްރީން ޓެކްނޮލޮޖީ" އަށް އިސްކަންދީ ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް އުފައްދަން ކުންފުނިތަކަށް ބާރު ވެސް އަޅަމުންނެވެ.

ބައިޑޫ އަކީ މީގެ 21 އަހަރު ކުރިން ޖެނުއަރީ 1، 2000 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުންޏަކީ އިންޓަނެޓާ ގުޅުން ހުރި ހިދުމަތްތަކަށް ހާއްސަ ކުންފުންޏެކެވެ. ކުންފުނީގެ ބާނީންނަކި އެރިކް ޒޫ އާއި ރޮބިން ލީ އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހެޑްކުއާޓަރު ހުންނަ ބައިޑޫގައި ވަޒީފާ އަދާކުރާ މުވައްޒަޒުންގެ އަދަދު 45،800 އަށް ވުރެ ގިނަ އެވެ.