07 ޖެނުއަރީ 2021
މެންޗެސްޓާ (ޖެނުއަރީ 7) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެންޗެސްޓާ (ޖެނުއަރީ 7) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އޭޕްރީލް 25 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ސިޓީ ކުޅޭނީ ފުރަތަމަ ސެމީގައި ބްރެންޓްފޯޑް އަތުން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ މި މުބާރާތުގެ ފައިނަލުގައި މިހާތަނަށް ބަލިވެފައިނުވެ އެވެ. އަނެއްކޮޅުން ސިޓީ ވަނީ މިދިޔަ ތިން އަހަރު ވެސް މި މުބާރާތުގެ ފައިނަލުން މޮޅުވެފަ އެވެ.
މިއީ 2011 ވަނަ އަހަރުގެ ސްޕެއިނުގެ ކޮޕަ ޑެލް ރޭ އަށް ފަހު ކަޕް ފައިނަލެއްގައި މޮރީނިއޯ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކުރިމަތިލާނެ ފުރަތަމަ ފަހަރެވެ،
އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ލީގު ކަޕް ސެމީ ފައިނަލުގައި ކުޅެނީ އެއް ލެގެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ޝެޑިއުލަށް ލުޔެއް ގެނައުމުގެ ގޮތުންނެވެ. ކުޅޭނެ ދަނޑެއް ކަނޑައަޅަނީ ގުރުއަތުންނެވެ. އެގޮތުން ރޭގެ މެޗު ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގަ އެވެ.
ސިޓީ އަށް މެޗުގެ ކުރީކޮޅުގައި އިލްކާއި ގުންޑޮގާން އާއި ފިލް ފޯޑެން ޖެހި ގޯލުތައް އޮފްސައިޑް ކަމަށް ލައިންސްމަން ނިންމި އެވެ. އަނެއްކޮޅުން ސިޓީގެ ޕޯޗުގީސް ޑިފެންޑަރު ރުބެން ޑިއާސް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެއް ވެސް ބަލައިނުގަތެވެ. އެއީ އޮފްސައިޑްގައި ހުރި ޔުނައިޓެޑްގެ ކުޅުންތެރިއަކު އެޓޭކުގައި ބައިވެރިވެފައިވާތީވެ އެވެ.
ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން ކެވިން ޑިބްރޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސިޓީން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖޯން ސްޓޯންސް އެވެ. މިއީ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއްގައި ސްޓޯންސް ޖެހި ގޯލެކެވެ. ސިޓީ އަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނީ ފެނާންޑީނިއޯ އެވެ. މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި ފެނާންޑީނިއޯ އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަނީ ތިިރިތިރިން ގޮހެވެ.
މި މެޗުން ބަލިވުމާ އެކު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެ ޓީމާ އެކު އެންމެ ފަހުން ނުކުތް ހަތަރު ސެމީ ފައިނަލުން ވެސް ބަލިވެފަ އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑަށް ސިޓީން ދެއްކި ވަރުގެ މޮޅު ކުޅުމެއް ނުދެއްކުނު ކަމަށާއި ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. މެޗުގައި ޔުނައިޓެޑްގެ ވަކިވަކި ކުޅުންތެރިންގެ ކުޅުމާ މެދު އެއްޗެއް ބުނަން ބޭނުމެއްނުވާ ކަމަށާއި މޮޅުވާން ކުރަން ޖެހޭ މަސައްކަތް ބިނާވެފައި އޮންނަނީ މުޅި ޓީމުގެ މައްޗަށް ކަމަށް ސޯލްޝެއާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސިޓީ އަށް ސީޒަން ފަށަން ޖެހުނީ ވަރަށް އުނދަގޫކޮށް ކަމަށާއި ސީޒަންގެ މުހިއްމު ހިސާބަށް އަންނައިރު އެ ޓީމުން ރަނގަޅު ފޯމެއްގައި އޮންނަން ކުރާ މަސައްކަތުގައި މި މެޗުން މި ލިބުނީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް
ސިޓީ، ޔުނައިޓެޑް އަދި އެވަޓަން ކުއާޓާ އަށް
ޔުނައިޓެޑް ކަޓައި ސިޓީ ލީގު ކަޕް ފައިނަލަށް
ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ކޯޗު އުއްމީދުގައި
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް
ސިޓީ އަނެއް ބުރަށް، ޔުނައިޓެޑް ކަޓައިފި
ސިޓީ، ޔުނައިޓެޑް އަދި އާސެނަލް ކުއާޓާ އަށް
ޗެލްސީ އާއި ޔުނައިޓެޑަށް ބޮޑު މޮޅެއް