01 އޮކްޓޯބަރ 2020
މެންޗެސްޓާ (އޮކްޓޫބަރު 1) – އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މެންޗެސްޓާ (އޮކްޓޫބަރު 1) – އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ރަށުން ބޭރުގައި ބާންލީ އަތުން 3-0 އިން ސިޓީ މޮޅުވިއިރު ޔުނައިޓެޑް މޮޅުވީ ރަށުން ބޭރުގައި ހަމަ އެ ނަތީޖާ އިން ބްރައިޓަން އަތުންނެވެ. އެވަޓަން މޮޅުވީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-1 އިންނެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 5-2 އިން ބަލިވި ސިޓީން ރޭ ވަނީ ޑޮމިނޭޓިން ފުޓްބޯޅައެއް ކުޅެ މޮޅުވެ ކުރީގެ މެޗު ހަނދާން ނައްތާލައިފަ އެވެ.
މި މެޗުގައި ސިޓީގެ ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގެ ފަހުކޮޅު އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި ގެނައި ސްޕެނިޝް ވިންގާ ފެރަން ޓޮރޭސް އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލަނޑެއް ވައްދާނުލާ ނިންމުމުން ރަނގަޅު ކަމަށާއި ޖުމްލަކޮށް ޓީމު ފެނުނީ ރަނގަޅަށް ކަމަށެވެ. އަދިވެސް އެންމެ ފުރިހަމައަށް ތަމްރީން ނެހެދޭތީ ސިޓީގެ ފަރާތުން މި ފެންނަނީ އަސްލު ކުޅުން ނޫންކަމަށް ފާހަގަކުރަމުން ގާޑިއޯލާ ބުނީ ކޮވިޑުގެ ސަބަބުން ހަ ކުޅުންތެރިން އަދި އަނިޔާގެ ސަބަބުން ހަތަރު ކުޅުންތެރިން ޓީމުގައި މިވަގުތު ނެތް ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ ސްކޮޓް މެކްޓޮމިނޭ އާއި ހުއާން މަޓާ އަދި ޕައުލް ޕޮގްބާ ޖެހި ގޯލްތަކުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ލީގުގައި ޔުނައިޓެޑުން ވަނީ ބްރައިޓަން 3-2 އިން ބަލިކޮށްފަ އެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ ރެފްރީ ފަހުކަށިގަނޑު ފުމުނުމުން ވީއޭއާރް އިން ބަލައިގެން ދިން ޕެނަލްޓީއަކުންނެވެ.
ވެސްޓް ހޭމް އަތުން އެވަޓަން މޮޅުވި މެޗުގައި އިންގްލެންޑުގެ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލް ޖެހީ ބްރެޒިލްގެ ރިޗާލިސަން އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ރޮބަޓް ސްނޮގްރާސް އެވެ.
އެވަޓަން އަށް މި ސީޒަނުގައި ނަޕޯލީން ގެނައި މުހިއްމު މިޑްފީލްޑަރު އެލަން އަށް ރޭ ވަނީ އަނިޔާވެފަ އެވެ. އުކުޅުވަޅަށް ލިބުނު އަނިޔާއެއް ކަމަށް ބެލެވޭ މި ހާނިއްކައިގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ނޭގެ އެވެ.
ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި މިރޭ އޮންނާނީ ލިވަޕޫލާއި ޗެލްސީގެ މެޗާއި އެސްޓަން ވިލާ އާއި ސްޓޯކް ސިޓީގެ މެޗު އަދި ބްރެންޓްފޯޑާއި ފުލަމްގެ މެޗެވެ. މި މެޗުތަކަށް ފަހު ކުއާޓާގެ ގުރުނެގުން އޮންނާނެ އެވެ.
ޗެލްސީ އާއި ޔުނައިޓެޑަށް ބޮޑު މޮޅެއް
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
ޔުނައިޓެޑް ކަޓުވާލައި ސިޓީ އަނެއްކާ ވެސް ފައިނަލަށް
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް
ސިޓީ-ޔުނައިޓެޑް އެއްވަރު، ޗެލްސީގެ ރެކޯޑް ނިމުމަކަށް
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް
ޔުނައިޓެޑް ކަޓައި ސިޓީ ލީގު ކަޕް ފައިނަލަށް
ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ކޯޗު އުއްމީދުގައި
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް