05 ޖެނުއަރީ 2021
މޮންޓެވީޑޯ (ޖެނުއަރީ 5) - ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަށް އިނގިރޭސި އެފްއޭ އިން އަދަބު ދިނުމުން އުރުގުއޭގެ ކުޅުންތެރިންގެ ޔޫނިއަން އިން އިނގިރޭސި އެފްއޭ އަށް ފާޑުކިޔައިފި އެވެ.
މޮންޓެވީޑޯ (ޖެނުއަރީ 5) - ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަށް އިނގިރޭސި އެފްއޭ އިން އަދަބު ދިނުމުން އުރުގުއޭގެ ކުޅުންތެރިންގެ ޔޫނިއަން އިން އިނގިރޭސި އެފްއޭ އަށް ފާޑުކިޔައިފި އެވެ.
ނޮވްމެބަރު 29 ވަނަ ދުވަހު ރަށުން ބޭރުގައި ސައުތެމްޓަން އަތުން ފަހަތުން އަރައި 3-2 އިން ޔުނައިޓެޑް މޮޅުކޮށްދޭން އެހީތެރިވެދިނުމަށް ފަހު އުމުރުން 33 އަހަރުގެ ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ މައާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން ނިންމީ މައްސަލަ ކުރިއަށް ގެންގޮސް ކަވާނީ ތިން މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 100،000 ޕައުންޑުން އޭނާ ޖޫރިމަނާކުރާށެވެ.
އުރުގުއޭގެ ކުޅުންތެރިންގެ ޔޫނިއަން އޭއެފްޔޫ އިން ނެރުނު ދިގު ބަޔާނެއްގައި ބުނެފައިވަނީ ކަވާނީ އެ އިބާރާތް ބޭނުންކުރީ އޭނާގެ ގާތް އެކުވެރިޔަކަށް ކަމަށެވެ. އަދި އެ ބަސް ބޭނުންކުރުމަށް ފަހު ކަވާނީ މައާފަށް އެދުމުން ވެސް އަދަަބު ދޭން ނިންމި ނިންމުން ތަންފީޒުކުރަން އިނގިރޭސި އެފްއޭ އިން ކަނޑައެޅުމުން އެނގެނީ އިނގިރޭސި އެފްއޭ އަކީ ވެސް ނަސްލީގޮތުން ތަފާތުކުރާ ބައެއް ކަމަށް ޔޫނިއަން އިން ބުންޏެވެ.
މީގެ ކުރިން ލިވަޕޫލަށް ކުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް ވެސް ވަނީ ނަސްލީ ތަފާތު ކުރުމުުގެ މައްސަލައެއްގައި އިނގިރޭސި އެފްއޭ އިން އަދަބުދީފަ އެވެ. ސުއަރޭޒް ވެސް ވަނީ ކަވާނީ އަށް އަދަބުދިނީ ވަކި ނަސްލަކަށް އޭނާ ނިސްބަތްވާތީ ކަމަށާއި އިނގިރޭސި ކުޅުންތެރިއެއްނަމަ އެ ވަރުގެ އަދަބެއް ނާންނާނެ ކަމަށް ބުނެފަ އެވެ.
ސަސްޕެންޝަނުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗަކީ ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ އެސްޓަން ވިލާ އަތުން މޮޅުވި މެޗެވެ. ދެން ކަވާނީ އަށް ގެއްލޭނީ ބުދަ ދުވަހުގެރޭ ލީގު ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭ ކަޕްގައި ވަޓްފޯޑާ ބައްދަލުކުރާ މެޗެވެ. އޭއެފްޔޫ އިން ގޮވާލާފައިވަނީ ކަވާނީ އަށް ދީފައިވާ އަދަބު އުވާލުމަށެވެ.
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް
އުރުގުއޭއަށް ތިންވަނަ، ސުއަރޭޒްގެ ފަހުމެޗަށްވެސް ވެދާނެ
ބަލިނުވެ ރެކޯޑް ދަމަހައްޓައި ކޮލަމްބިއާ ފައިނަލަށް
އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް
އަމިއްލަ ގައުމުގައި އެމެރިކާ ގުރޫޕް ސްޓޭޖުން ކަޓައިފި
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
ޔޫރަޕްގެ ޑޮމިނޭޝަން ހުއްޓުވައި އުރުގުއޭ ތަށި ހޯދައިފި
އެންމެ ވިދާލި ހިސާބުން ޓޯނީ އަށް ބޮޑު ސަސްޕެންޝަނެއް
ލީޑްސްގެ ކުރީގެ ކޯޗު ބިއެލްސާ، އުރުގުއޭއާ ހަވާލުވެއްޖެ
2030 ވޯލްޑް ކަޕް ބާއްވަން ހަތަރު ގައުމުގެ ބިޑެއް