Roadha Mihaaru
އަމިއްލަ ގައުމުގައި އެމެރިކާ ގުރޫޕް ސްޓޭޖުން ކަޓައިފި

އަމިއްލަ ގައުމުގައި އެމެރިކާ ގުރޫޕް ސްޓޭޖުން ކަޓައިފި

02 ޖުލައި 2024

ކެންސަސް ސިޓީ (ޖުލައި 2) - އުރުގުއޭއާ ވާދަކޮށް 1-0 އިން ބަލިވެގެން އެންމެ މޮޅަކާ އެކު، އަމިއްލަ ގައުމުގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުން އެމެރިކާ ކަޓައިފި އެވެ.

ކެންސަސް ސިޓީ (ޖުލައި 2) - އުރުގުއޭއާ ވާދަކޮށް 1-0 އިން ބަލިވެގެން އެންމެ މޮޅަކާ އެކު، އަމިއްލަ ގައުމުގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުން އެމެރިކާ ކަޓައިފި އެވެ.

މިއަދު ހެނދުނު ކުޅުނު މެޗުގެ ދެވަނަ ހާފުގައި އުރުގުއޭ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ މެތިއަސް އޮލިވޭރާ އެވެ.

"އަހަރެމެން ފެށުން ގޯހެކޭ ނުބުނެވޭނެ، ވަރަށް ޖޯށުގަ ފަށަނީ. ޓީމުގަ ހަކަތަ އެބަހުރި، ނެތީ ކޮލިޓީ،" އެމެރިކާ ޓީމުގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިކް ބުންޏެވެ.

އުރުގުއޭ ކުޅުނީ އެޓީމުގެ ކޯޗު މާސެލޯ ބިއެލްސާ ބެންޗުގައި ނެތި އެވެ. ފުރަތަމަ ދެ މެޗުގައި ދެވަނަ ހާފަށް ޓީމު ދަނޑަށް ނެރުން ލަސްވުމުގެ އަދަބެއްގެ ގޮތުން އޭނާ މިއަދުގެ މެޗަށް ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

އުރުގުއޭ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ހޯދީ މިއަދު 3-1 އިން ބޮލީވިއާ ބަލިކޮށް ހަ ޕޮއިންޓް ހަމަކުރި ޕެނަމާ އެވެ.

އެމެރިކާއަށް މޮޅު ވެވުނީ ފުރަތަމަ މެޗުގައި ބޮލީވިއާއާ އަތުންނެވެ. ބޮލީވިއާ ނިންމާލީ އެންމެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

މިއީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް، އެ ސަރަހައްދުން ބޭރުގައި، އެމެރިކާގައި ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވިއިރު، އެ ގައުމުން ވަނީ ސެމީ ފައިނަލްގައި ކުޅެފަ އެވެ.