Roadha Mihaaru
އިންތިހާބު ބޭއްވުމުގެ ބާރެއް އީސީ އަކަށް ނެތް

އިންތިހާބަށް އޮތް ހުރަހަކީ އީސީގެ ބާރު އެހެން ބަޔަކަށް އޮންނާތީ: ޝަރީފް

04 ޖެނުއަރީ 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރުމަކީ އީސީ އަށް ގާނޫނުން ދީފައިވާ ބާރެއް ކަމަށާއި އެހެން ނަމަވެސްް އެ ބާރު އެހެން ބައެއްގެ މެންޑޭޓްގެ ތެރެއަށް ލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައި އޮތް ގޮތުން އީސީ އަށް އިންތިހާބު އިއުލާނުކުރެވޭނީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތަކަށް އަމަލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މޭމަހު ފާސްކޮށް ތަސްދީގުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައިވާ ގޮތުން އިންތިހާބާ ބެހޭ ކަންތައްތައް އީސީއަށް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ. އެ ގާނޫނު ބުނާ ގޮތުގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އުވައިލުމަަކުން ވެސް އަދި ނުުދެ އެވެ. އިންތިހާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއްކަން އެޗްޕީއޭއިން އިއުލާނު ވެސް ކުރަން ޖެހެ އެވެ.

"އަޅުގަނޑުމެނަށް އެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮވެ، އެޗްޕީއޭގެ މަޝްވަރާގެ މަތިން އިއުލާނުކުރަން ޖެހޭ ގޮތަކަށް އޮތް ނަމަ ނުވަތަ އެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްލާފައި އޮތް ނަމަ، އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވުނީސް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ އާއި ސްރީލަންކާގައި ވެސް އިންތިހާބު ބޭއްވީ އެ ދެ ގައުމުގެ ހާލަތު ގޯސް ވަގުތެއްގަ އެވެ.

"އެހެންވީމާ ގާނޫނުގައި ވަކި ގޮތަކަށް އޮތް އޮޮތުން އެއީ ހަމައެކަނި ހުރަހަަކީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބަށް ޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް އީސީން މިހާރު ވެސް ހުރީ ނިންމައިފަ އެވެ. މިހާރު ކުރަން އޮތް ހަމައެކަނި ކަމަކީ އާއްމުންނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަަމަށާއި ވަގުތީ މުވައްޒަފުން ހޯދުމާއި ވޯޓުލާ މީހުން ރީރަޖިސްޓްރީކުރުން އޭގެތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ގާނޫނަށް ބަދަލު ގެނައުމަށް އީސީން ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް އަންނަަނީ ކުރަމުންނެވެ. އެކަމަށް ޓަކައި ތައްޔާރުކުރަން ޖެހޭ ބިލު އީސީން މިހާރު ވަނީ ޑްރާފްޓްކޮށްފައި ކަމަށާއި ގާނޫނަށް އިސްލާހު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލިސް އަލުން ހުޅުވުމުން ކަމަށެވެ. މަޖިލީހުގެ ޗުއްޓީ ނިމުމުން އެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ކަމަށެެވެ. އެކަމަށް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.