Roadha Mihaaru

ބޮމެއްގެ ވާހަކަ ދެއްކިކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އިން ފުރަން ދިޔަ އިންޑިއާ މީހަކު ބޮމެއްގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

02 ޖެނުއަރީ 2021

ރާއްޖެ އިން ފުރަން ދިޔަ އިންޑިއާ މީހަކު ބޮމެއްގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ފުރަން ދިޔައީ އެ ދުވަހުގެ މެންދުރު 1:30 ކަންހާ އިރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ފަސް ދުވަހު ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.