ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ހިންދީ ދީނުގެ ހަރުކަށި ވިސްނުމުގެ ކުށްވެރިޔާ އިންޑިޔާގެ ފުލުހުންނާ ހަވާލުކޮށް ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ.
23 އޯގަސްޓް 2018
ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ހިންދީ ދީނުގެ ހަރުކަށި ވިސްނުމުގެ ކުށްވެރިޔާ އިންޑިޔާގެ ފުލުހުންނާ ހަވާލުކޮށް ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި ސްރީ ނިރްމަލްދީބް ސިންގު ސިދޫ ކިޔާ އެ މީހާ މިހަފުތާގެ ތެރޭގައި ޑީޕޯޓް ކޮށްލާފައިވަނީ އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައިތަނުން އެއާޕޯޓުންނެވެ. އިންޑިއާ ފުލުހުންނާ ހަވާލުކޮށް ޑީޕޯޓްކޮށްލީ ވެސް ހަމަ އެދުވަހު އެވެ.
އޭނާ ރާއްޖެ އައީ ކީއްކުރަން ކަމެއް އަދި އޭނާއަށް ތުހުމަތު ކުރެވޭ ކަންކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ފުލުހުން މީޑިޔާއާ ހިއްސާއެއް ނުކުރި އެވެ.
India ge kuhveriaku Velana airportun hayyaru kohfi
The most trusted news source in the Maldives
Mihaaru
އިންޑިއާގެ ކުށްވެރިޔާ ރާއްޖޭން ހައްޔަރުކުރުން--
މީގެ ކުރިން މެކްސިކޯ އިން ވެސް ހައްޔަރުކޮށްފައިވާ އެމީހާއަކީ ތަފާތު އެކި ނަންނަމުގައި ދިރިއުޅެމުން ދާ މީހެކެވެ. ދާދިފަހުން ވަނީ އޭނާގެ އެޖެންޑާއެއްގެ ދަށުން ހަތިޔާރު ނެގުމަށް ވެސް އާންމުގެ ބަޔަކަށް ގޮވާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަކީ އިންޑިއާގެ ހަރުކަށި ހިންދޫންގެ ޖަމާއަތް ކަމަށްވާ ރަޝްތުރިޔާ ސްވަޔަމްސެވަކް ސިންގް (އާރުއެސްއެސް) އަށް ތާއީދު ކުރާ މީހެކެވެ.
ހަރުކަށި ހިންދޫން މަސައްކަތް ކުރާ އާރުއެސްއެސް އަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދާދި އެއްކަހަލަ ފިކުރެކެވެ. އާރުއެސްއެސް އިން ބޭނުން ވަނީ އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމަކަށް ހަދާށެވެ. އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ކަންތައްތަކެއް ހިންގައި މިސްކިތްތަކުގައި ރޯކުރުންފަދަ ކަންކަން އެޖަމާއަތުން ކޮށްފައިވާތީ މީގެ ކުރިން ދެތިން ފަހަރަކު އިންޑިއާއިން ވެސް ވަނީ އެޖަމާއަތް ހިންގުން މަނާކޮށްފަ އެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް އާރުއެސްއެސް އަށް ނިސްބަތްވާ ބޭފުޅެކެވެ. އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އާއި އާރުއެސްއެސް އާ ވަރަށް ގުޅުން ބޮޑު ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
ހިނގާފައި އެއާޕޯޓަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
"ހައްޔަރުކުރި މީހުންގެ ދަބަހުން ގޮވާ އެއްޗެއް ނުފެނޭ"
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި