31 ޑިސެމްބަރ 2020
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާކުރާނެ ބާވަތްތަކެއް ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ލުއި ބުއިންތައް ހިމެނެ އެވެ. އެކަމަކު ފުޅީގައި ބަންދުކުރި ފެނަށް ވަރަށް ބޮޑަށް ބަރޯސާވާ ދިވެހިން ބޮއެ އުޅޭ ފެން ފުޅި އުފައްދަނީ ރާއްޖޭގަ އެވެ. އެހެންކަމުން ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދު ނުހަނު ބޮޑަށް ކިލަނބުކުރާ ޕްލާސްޓިކް ފުޅިތަކުގެ ކުންޏަށް އެކަށީގެންވާ އަސަރެއް ކުރާނީ ރާއްޖޭގެ އުފެއްދުންތައް މަދުކުރާ ހިސާބަށް ދިޔައިމަ އެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާކުރާނެ ބާވަތްތަކެއް ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ލުއި ބުއިންތައް ހިމެނެ އެވެ. އެކަމަކު ފުޅީގައި ބަންދުކުރި ފެނަށް ވަރަށް ބޮޑަށް ބަރޯސާވާ ދިވެހިން ބޮއެ އުޅޭ ފެން ފުޅި އުފައްދަނީ ރާއްޖޭގަ އެވެ. އެހެންކަމުން ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދު ނުހަނު ބޮޑަށް ކިލަނބުކުރާ ޕްލާސްޓިކް ފުޅިތަކުގެ ކުންޏަށް އެކަށީގެންވާ އަސަރެއް ކުރާނީ ރާއްޖޭގެ އުފެއްދުންތައް މަދުކުރާ ހިސާބަށް ދިޔައިމަ އެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ރާއްޖެ އިން ހުއްޓާލުމުގެ އަމާޒު ހާސިލްކުރަން އޮތީ 2023ގެ ނިޔަލަށެވެ. އެ ޕްލޭނުގެ ދަށުން، އިމްޕޯޓެކޭ އެއްގޮތަށް، ބައެއް އެއްޗެހި ރާއްޖޭގައި އުފެއްދުން ވެސް ކުރިއަށް އޮތް ތިން އަހަރު ތެރޭ މަނާކުރާނެ އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ރޭ "މިހާރު" އަށް ވިދާޅުވިވގޮތުގައި، ވަކި ތާރީޚުތަކަކުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ބާވަތްތައް ރާއްޖޭގައި އުފެއްދުން ވެސް މަނާކުރާނެ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ އެކަން ތަންފީޒުކުރަން ފަށާނީ އިމްޕޯޓު މަނާކުރަން ކަނޑައަޅާފައިވާ މުއްދަތުތަކާ ތަފާތު ތާރީޚުތަކެއްގައި ކަމަށެވެ.
އިމްޕޯޓްކުރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ތަކެތީގެ ލިސްޓުގައި ހިމެނޭ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އުފައްދާ ހަމައެކަނި ބާވަތަކީ ވެސް އެފަދަ ފުޅީގައި ހުންނަ ބުއިންތަކެވެ.
ޑރ. ހުސެން ވިދާޅުވިވގޮތުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ހުއްޓާލުމުގެ ސިޔާސަތުގެ ދަށުން، ބާވަތްތައް އުފެއްދުން މަނާކުރަން ގާނޫނީ އޮނިގަނޑެއް ތައާރަފްކުރަން ޖެހޭނެ އެވެ.
"މިއީ ފޭޒް އައުޓް ޕްލޭނެއް. އެހެންވީމާ ޕްލޭން ތަންފީޒުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ސިޔާސަތަށް އެންވަޔަރްމެންޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހުގައި ވެސް އޮތީ ވަކި ބާވަތްތަކެއް އެތެރެކުރުމާއި އުފެއްދުމާއި ގަނެވިއްކުން މަނާކުރާ ގޮތަށެވެ. އެއްޗެހިތަކެއް އިމްޕޯޓްކުރުން މަނާކުރުމަކީ އޭގެ ފުރަތަމަ ފިޔަވަޅެވެ.
ބޯން ބޭނުންކުރާ ދިޔާތަކެތި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް (ޕީއީޓީ) ފުޅީގެ ތެރެއިން އެތެރެކުރުން ފުރަތަމަ މަނާކުރަނީ، އަންނަ ޖޫން 1 އިން ފެށިގެން. 500 މިލިލީޓަރަށް ވުރެ ކުދި ފުޅި އެވެ. ސީދާ 500 އެމްއެލްގެ ފުޅި އެ ތާރީޚުގައި މަނާވާނެ ކަމަކަށް ރައީސްގެ ގަރާރަކު ނެތެވެ.
އެކަމަކު ޑިސެމްބަރު 1، 2023 އިން ފެށިގެން އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި އިމްޕޯޓްކުރުން މަނާކުރާނެ އެވެ.
އެހެންކަމުން ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ފެން ފުޅީގެ ތެރެއިން ވެސް މަނާކުރާނެ ކަމަށް ބެލެވެނީ އެއް ލީޓަރާއި އެއަށް ވުރެ ކުދި ފުޅި އެވެ. ލުއި ބުއިމެއް ނަމަ 500 އެމްއެލް އަށް ވުރެ ކުދި ޕްލާސްޓިކް ފުޅި އެވެ.
އެންމެ އާއްމުކޮށް ފެން ވިއްކާ ކުޑަ އެއް ސައިޒު ކަމަށްވާ 1.5 ލީޓަރުގެ ފުޅި މަނާކުރާކަށް ޕްލާސްޓިކުގެ ޕްލޭނަކު ނެތެވެ.
ޑރ. ހުސެން ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރާނީ އާއްމުންނަށާއި ވިޔަފާރިތަކަށް ދަތި ބޮޑު ނުވާނެ ގޮތަކަށް ކަމަށެވެ.
"މީގެ ސަބަބުން ކޮށްފާނެ އަސަރުތަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ފިޔަވަޅު، ކުދި އަދި މެދު ފަންތީގެ ބައެއް ކަހަލަ ވިޔަފާރިތަކަކަށް ނުހިނގާނެ އެވެ. އެގޮތުން އުފެއްދުންތެރި ކުދި ވިޔަފާރިތަކުގެ އެއްޗެއްސާއި ބޭކަރީ ގުޑްސް އަދި ދިވެހި ކާބޯތަކެތީގެ ބާވަތްތަކާއި އެކްސްޕޯޓްކުރާ މަހާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ތަކެތި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ސާމާނު ވަނީ މި ސިޔާސަތުގައި އިސްތިސްނާކޮށްފަ އެވެ.
ޕްލާސްޓިކް ކުނީގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ އިރު، އުކާލާ ޕްލާސްޓިކް މަދުކުރުމަކީ ކަނޑުގެ ދިރުންތަކަށާއި އިންސާނުންގެ ސިއްހީ ރައްކާތެރިކަމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެކެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނެ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެހި ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމުގެ ފިޔަވަޅުތަކާއި އެފަދަ ޕްލާސްޓިކް ބޭނުންކުރާ މީހުންގެ އާދަކާދަ ބަދަލުކުރަން ހޭލުންތެރިކުރުން ވެސް ޕްލާސްޓިކް މަދުކުރުމުގެ ޕްލޭންގައި ހިމެނެ އެވެ.
ވަކި ބާވަތްތަކެއް މަނާކުރުމުގެ އިތުރުން, ޕްލާސްޓިކް ކުނި މަދުކުރުމަށް ސަރުކާރުން އަޅާނެ ކަމަށް ބެލެވޭ ފިޔަވަޅުތަކުގެ ތެރޭގައި, ބައެއް ކަހަލަ ޕްލާސްޓިކުގެ އިމްޕޯޓް ޑިއުޓީ 400 ޕަސެންޓަށް ބޮޑުކުރުން ހިމެނެ އެވެ. އެއާއެކު, ތިމާވެއްޓާ ރައްޓެހި އެއްޗެހިން ޑިއުޓީ މައާފުކުރަން ވެސް ޕްލޭނުގައި ވަނީ ހުށަހަޅައިފަ އެވެ. ޕްލާސްޓިކް ކުނި މަދުކުރުމުގެ ބޮޑު އަނެއް ފިޔަވަޅަކަށް ވާނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް ޒިންމާތަކެއް މަތިކުރުމެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ބޭނުން ނުކޮށް, ތިމާވެށްޓާ ރަހުމަތްތެރި ގޮތެއްގައި ތަކެތި އުފައްދައި ބަންދުކުރުމާއި އުފެދޭ ކުނި ޖަމާކުރުމާއި ރީސައިކަލްކުރުން ހިމެނެ އެވެ. އަދި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުން އުފެދޭ ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތާއި ޚަރަދު އެ ފަރާތްތަކުން ކުރަން ގާނޫނުން ލާޒިމްކުރުމަކީ ވެސް އަމާޒެކެވެ.
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
8 ބާވަތެއްގެ ޕްލާސްޓިކް މަނާ
އަންނަ އަހަރު ޕްލާސްޓިކްގެ 13 ބާވަތެއް މަނާވާނެ
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ
"ޕްލާސްޓިކާ ނުލައި" ކެމްޕެއިން ލޯންޗުކޮށްފި
ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅެން އެބަހުރި: ނަޝީދު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ޕްލާސްޓިކް ފުޅި ނަގައި ރިސައިކަލްކުރަން ފޮނުވަނީ
ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭނަށް ޔޫއެންގެ ތައުރީފު