Roadha Mihaaru
މާސްގައި ބޭނުންކުރާނީ ކްރިޕްޓޯކަރަންސީ: އީލޮން

މާސްގެ ފައިސާއަކަށްވާނީ ކްރިޕްޓޯކަރަންސީ: އީލޮން މަސްކް

30 ޑިސެމްބަރ 2020

މާސްގައި އިންސާނުން ވަޒަންވެރިކުރުވުމަކީ މަހުޖަނު އީލޮން މަސްކްގެ އެންމެ ބޮޑު އެއް ހުވަފެނެވެ. މާސް އަށް މީހުން ފޮނުވަން އޭނާ ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާ 2024 ގައި ކާމިޔާބުވާނެ ކަމުގެ އުންމީދުގައި ހުރި ވިޔަފާވެރިޔާ ދާދި ފަހުން ވިދާޅުވި ގޮތުގައި މާސްގައި ވަޒަންވެރިވާ އިންސާނުން އެންމެ ފުރަތަމަ ދިރިއުޅޭނީ ބިއްލޫރި ގެތަކެއްގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާސްގައި އިންސާނުން ވަޒަންވެރިކުރުވުމަކީ މަހުޖަނު އީލޮން މަސްކްގެ އެންމެ ބޮޑު އެއް ހުވަފެނެވެ. މާސް އަށް މީހުން ފޮނުވަން އޭނާ ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާ 2024 ގައި ކާމިޔާބުވާނެ ކަމުގެ އުންމީދުގައި ހުރި ވިޔަފާވެރިޔާ ދާދި ފަހުން ވިދާޅުވި ގޮތުގައި މާސްގައި ވަޒަންވެރިވާ އިންސާނުން އެންމެ ފުރަތަމަ ދިރިއުޅޭނީ ބިއްލޫރި ގެތަކެއްގަ އެވެ.

އެ ވާހަކަ އަށް ފަހު އީލޮން މިހާރު ދައްކަވަނީ މާސްގެ އިގުތިސާދު ބައްޓަންވާނެ ގޮތާއި އެތަނުގައި ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންކުރާނެ ފައިސާގެ ވާހަކަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައިއޭ) ގެ ރިސާޗަރެއް ކަމަށްވާ ލެކްސް ފްރިޑްމަން މާސްގައި ބޭނުންކުރާނެ ފައިސާއަކާ ބެހޭ ގޮތުން ޓްވިޓާގައި އުފެއްދި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން އީލޮން ވިދާޅުވީ "މާސްގެ އިގުތިސާދުގައި ފައިސާގެ ގޮތުގައި ދައުރުކުރާނީ ކްރިޕްޓޯކަރަންސީ" އެވެ.

އެއީ މާއްދީ ގޮތުން އަތްލެވެން ނުހުންނަ ވާޗުއަލް ނުވަތަ ޑިޖިޓަލް ފައިސާ އެވެ. ކްރިޕްޓޯކަރަންސީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި މިހާރު އެތައް ނަމެއް ކިޔާ ފައިސާހުރެ އެވެ. އެގޮތުން ލެކްސްގެ ސުވާލަކަށްވީ މާސްގެ ފައިސާއަކަށް ވާނީ 2017 ހިސާބުގައި ކްރިޕްޓޯކަރަންސީގެ މަގުބޫލުކަން ބޮޑުވެގެން އައި އިރު، އެންމެ ބޮޑަށް ވައިގައި ހިފި އެކަތި ކަމަށްވާ "މާސްކޮއިން" ތޯ" އެވެ. އެއާ ގުޅުވައިގެން އީލޮން ވިދާޅުވީ "އާއެކޭ" އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާސްގެ އިގުތިސާދުގައި ޔަގީނުން ވެސް ދައުރުކުރާނީ ކްރިޕްޓޮކަރަންސީ އެވެ. އަދި މާސްކޮއިން ނުވަތަ ޑޮޖްކޮއިން އަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"މާސްކޮއިން" އަކީ 2014 ގައި ވުޖޫދަށް އައި އެއްޗެކެވެ. އެކަމަކު ފަހުން އޭގެ މަގުބޫލުކަން ގެއްލި، އަޑެއްބަޑެއް މިހާރަކު ނީވެ އެވެ. ކްރިޕްޓޯކަރަންސީގެ ތެރެއިން އެންމެ ފަރިތަ އެއް ނަމަކަށް ވާނީ ބިޓްކޮއިން އެވެ.

މާސްގައި އިންސާނުން ވަޒަންވެރިކުރުވަން ކުރިއަށް ގެންދާ މަޝްރޫއަކީ އީލޮންގެ ސްޕޭސް އެކްސްގެ މަސައްކަތެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އިންސާނުން މާސްގައި ދާއިމީކޮށް އާބާދުވުމުގެ ގޮތުން އެތަނަކީ އިންސާނުންނަށް ދުނިޔޭގައި އުޅެވޭހާ ފަސޭހައިން އުޅެވޭ މާހައުލަކަށް ބަދަލުކުރެވޭނެ އެވެ. އީލޮންގެ އަމާޒަކީ 2050 އާ ހަމައަށް އަންނަ އިރު، މާސްގައި އިންސާނުންގެ މިލިއަނެއްހާ އާބާދީ ވަޒަންވެރިކުރުވުމެވެ.