22 ޑިސެމްބަރ 2020
ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން ހޯދި މޮޅާ އެކު ޗެލްސީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން ހޯދި މޮޅާ އެކު ޗެލްސީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އޮތީ އަށް ވަަނައިގަ އެވެ. އެއީ ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު ދެ މެޗުން ވެސް ބަލިވުމުންނެވެ. ރޭގެ މެޗުން މޮޅުވެ ޗެލްސީ ފަސް ވަނަ އަށް ޖެހިލީ ހަ ވަނައިގައި އޮތް ޓޮޓެންހަމާ އެއްވަރަށް 14 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ހޭމް 10 ވަނައިގައި އޮތީ 14 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ގޯލު ޖެހީ ވެސްޓް ހޭމް އިންނެވެ. ހިލޭ ޖެހުމެއްގައި ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއިން ވެސްޓް ހޭމްގެ ޑެކްލަން ރައިސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު އޭނާ އޮފްސައިޑްކަމަށް ދެއްކުމުން އެ ގޯލު ބަލައެއް ނުގަތެވެ.
ލިބުނު ފުރަތަމަ ފުރުސަތުގައި މެޗުގެ 10 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ސިލްވާ މި ގޯލު ޖެހީ ބޮލުންނެވެ. ނަތީޖާ ހަމަހަމަކުރަން ފުރަތަމަ ހާފުގައި ވެސްޓް ހޭމް އިން ޗެލްސީ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ.
ޗެލްސީގެ އަނެއް ދެ ގޯލު މެޗުގެ ފަހު ކޮޅުގައި ޖެހީ ޓެމީ އަބްރަހަމް އެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ މެޗުގެ 78 ވަަނަ މިނިޓްގައި ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ދެ މިނިޓް ފަހުން ދެ ވަނަ ގޯލެއް ޖަހައި ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމުން މި މެޗަށް ނުކުތީ މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ދެކިގެން ކަމަށެވެ. އެ ރޫހުގައި ނުކުމެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި މޮޅުވާން ކުރި މަސައްކަތް ފާހަގަކުރާކަމަށާއި ޕޮޒިޓިވް ވިސްނުމަކާ އެކު ދެން ހުރި މެޗުތަކަށް ނުކުންނަން އިތުބާރު ލިބިއްޖެ ކަމަށް ލަމްޕާޑް ބުންޏެވެ.
ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ 90 މިނިޓަށް ބަލާއިރު އޭނާގެ ޓީމަށް ރަނގަޅަަށް ކުޅެވުނު ވަގުތުތަކެެއް ދިޔަ ކަމަށާއި އެހެން ނަމަވެސް ގޯލެއް ޖެހުމުގެ ނަސީބު ނެތީ ކަަމަށެވެ. ޗެލްސީ ކަހަލަ ޓީމެއް ބަލިކުރާނަމަ ލިބޭ މަދު ފުރުސަތެއްގެ ބޭނުންހިފަން ޖެހޭނެ ކަމަށާއި ވެސްޓް ހޭމް އަށް މި މެޗުން ޕޮއިންޓެއް ވެސް ހާސިލްނުވީ އެހެންވުމުން ކަމަށް އޭނާ ބުންޏެވެ.
ރޭ ބާންލީ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަހަރެއްހާ ދުވަސް ފަހުން ލީގުގައި ބާންލީގެ ފޯވާޑް އެޝްލީ ބާންސް ޖެހި ގޯލުން އެ ޓީމު ލީޑުނެގިއިރު، ދެ ވަނަ ހާްފްގެ ކުރީކޮޅުގައި ކްރިސް ވުޑް އެ ޓީމަށް ލީޑުފުޅާކޮށްދިނެވެ. ވުލްވްސްގެ ހަމައެކަނި ގޯލު ޖެހީ 17 އަހަރުގެ ފޯވާޑް ފަބިއޯ ސިލްވާ ޕެނަލްޓީ އަކުންނެވެ. ސިލްވާ އަށް ވުރެ ހަގު އުމުރެއްގައި ޕްރިމިއާ ލީގުގައި ޕެނަލްޓީއެއް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކީ މައިކަލް އޮވެން އެވެ.
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އަގުބޮޑު ޓްރާންސްފާތަކާއެކު ވެސް ޗެލްސީ އަދި މޮޅެއްނުވޭ
ވީއޭއާރުގެ ނިންމުމާއެކު ޗެލްސީ ފަހުވަގުތު ސަލާމަތްވެއްޖެ
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ
ފަހު ވަގުތު ވެސްޓް ހޭމް ބަލިކޮށް ޗެލްސީ ހިންދެމިލައިފި
އެއްވަނައިގައި އޮތް ޗެލްސީ ވެސްޓް ހޭމުން ބަލިކޮށްފި
ނިއުކާސަލް ބަލިކޮށް ޗެލްސީ ހަތަރު ވަނަ އަށް
ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ