04 ޑިސެމްބަރ 2021
ލަންޑަން (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ، ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި ބަލިކޮށްފި އެވެ.
ލަންޑަން (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ، ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި ބަލިކޮށްފި އެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ރީސް ޖޭމްސް އާއި ޖޯޖީނިއޯގެ އިތުރުން ހަކީމް ޒިިޔެޝް ވެސް މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ވެސްޓް ހޭމްގެ މެނުއެލް ލަންޒިނީ މިރޭ މެޗުގައި ސްޓާޓް ކުރިއިރު ސައީދު ބެންރަހްމާ އާއި ޕަބްލޯ ފޯނަލްސް އިނީ ބެންޗުގަ އެވެ.
ޗެލްސީން މެޗުގައި ފުރަތަމަ ލީޑު ނެގީ، 28 ވަނަ މިނިޓުގައި މޭސަން މައުންޓް ނެގި ކޯނަރަކުން ތިއާގޯ ސިލްވާ އެވެ. އޭގެ ދިހަ މިހިޓު ފަހުން ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއަށް ހެދުނު ގޯހަކުން ވެސްޓް ހޭމަށް ލިބުނު ޕެނަލްޓީން އެއްވަރު ކޮށްދިނީ ލަންޒިނީ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޒިޔެޝް ހުރަސްކޮށްލި ބޯޅައެއް މޭސަން މައުންޓް އެއްފަހަރުން ޖަހައި ގޯލަށް ފޮނުވާލައިގެން ޗެލްސީން އަލުން ލީޑު ނެގި އެވެ.
ވެސްޓް ހޭމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި އެޓީމުގެ ޖަރޯޑް ބޯވެން ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވަދެގެންނެވެ. އޭގެ ފަހުން ވެސްޓް ހޭމަށް ލީޑު ނަގަން ވެސް ބޯވެން އަށް ވަނީ ހުސް ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. މިކޭލް އެންޓޯނިއޯ ހުސް ކޮށްލާފައި ދިން ބޯޅަ ބޯވެން އަށް ގޯލާ އަމާޒު ކޮށެއް ނުލެވުނެވެ.
ވެސްޓް ހޭމް ފުރަތަމަ ފަހަރަށް ލީޑު ނަގައި، ޗެލްސީ ބަލިކުރީ މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް އާތޫރު މަސުއާކޫ ޖެހި ރީތި ގޯލުންނެވެ.
ޗެލްސީގެ އެންމެ ކުރިއަށް މިރޭ ކުޅުނު ކައި ހަވާޓްޒް އަށް ފުރަތަމަ ހާފު ނިމެނިކޮށް އަނިޔާވުމުން، ދެވަނަ ހާފު ފެށީ ބަދަލުގައި ރޮމެލޫ ލުކާކޫ އަރުވައިގެންނެވެ. އަދި ވެސްޓް ހޭމްގެ ޑިފެންޑަރު، މި ސީޒަނުގެ ކުރީކޮޅު ޗެލްސީ އަށް ވެސް ކުޅުނު ކާޓް ޒޫމާ އަށް އަނިޔާ ވެގެން އޭނާ ވެސް ވަނީ ދެވަނަ ހާފުގައިި ބަދަލުކޮށްފަ އެވެ.
ލިވަޕޫލާއި މެންޗެސްޓާ ސިޓީ މިރޭ ލީގުގައި ކުޅޭ މެޗުތަކުން މޮޅު ވެއްޖެ ނަމަ ޗެލްސީ ތާވަލުގެ ތިން ވަނައަށް ވެއްޓޭނެ އެވެ.
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އަގުބޮޑު ޓްރާންސްފާތަކާއެކު ވެސް ޗެލްސީ އަދި މޮޅެއްނުވޭ
ވީއޭއާރުގެ ނިންމުމާއެކު ޗެލްސީ ފަހުވަގުތު ސަލާމަތްވެއްޖެ
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ
ފަހު ވަގުތު ވެސްޓް ހޭމް ބަލިކޮށް ޗެލްސީ ހިންދެމިލައިފި
ނިއުކާސަލް ބަލިކޮށް ޗެލްސީ ހަތަރު ވަނަ އަށް
ވެސްޓް ހޭމް ބަލިކޮށް ޗެލްސީ ފަސް ވަނަ އަށް
ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ