19 ޑިސެމްބަރ 2020
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މާސްކް އަޅަން ދޭ އިރުޝާދަށް ތަބާނުވާ މީހުން ގިނަކަމުން މިކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މެސެޖެއް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯފީ ޓާނާ ވަނީ އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު އަދި އެހާމެ އުނދަގޫ ހިނދުކޮޅެއްގެ ތެރެއިން ދީފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މާސްކް އަޅަން ދޭ އިރުޝާދަށް ތަބާނުވާ މީހުން ގިނަކަމުން މިކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މެސެޖެއް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯފީ ޓާނާ ވަނީ އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު އަދި އެހާމެ އުނދަގޫ ހިނދުކޮޅެއްގެ ތެރެއިން ދީފި އެވެ.
"ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލް ކުޅުނު 24 އަހަރުގެ ބަތަލާ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ އަލަތު ދަރިފުޅު ވިހެއީ ވެސް މާސްކް އަޅައިގެން އޮވެ ކަމަށެވެ. މި ވާހަކަ އޭނާ އިންސްޓަގްރާމް ސްޓޯރީގައި ވީޑިއޯ މެސެޖެކުން ހިއްސާކުރުމުން އެ ކޮޕީކޮށް ޓްވިޓާގައި ވެސް ބައެއް މީހުން އާންމުކޮށްފައިވެ އެވެ.
THE TEA !!! #SophieTurner @joejonas pic.twitter.com/dQYEpOjaXV
— leigh?sophiet (@LeighSophiet) December 16, 2020
"އަހަރެން ވިހެއީ މާސްކް އަޅައިގެން އޮވެ. އެ ހާލަތުގައި އަހަންނަށް މާކްސް އަޅައިގެން އޮވެ ވިހެއުނީމަ ތިޔަ، އެންމެންނަށް [ހަމަ ޔަގީން] ވޯލްމާޓަށް ވަންނަން މާކްސް އަޅާކަށް މާ ބޮޑު ކަމަކަށް ނުވާނެ،" ސޯފީ ބުންޏެވެ.
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯ ޖޯނަސްއާ ކައިވެނިކޮށްގެން އުޅޭ ސޯފީ ވަނީ މީގެ ކުރިން ވެސް އާންމުން މާސްކް އެޅުމަށް ހިތްވަރު ދީ ވާހަކަ ދައްކައިފަ އެވެ.
ވޯގް މަޖައްލާގެ އޮގަސްޓް މަހުގެ ކަވަރުގައި ސޯފީ އާއި ޖޯގެ ވާހަކަ ގެނެސްދީފައި ވަނީ "ވެއާ އަ މާސްކް، ދެޓްސް ދަ ޓީ" ޖަހައިގަ އެވެ. މި ފަހަރު އިންސްޓަގްރާމްގައި ވެސް ސޯފީ ހިއްސާކުރީ ހަމަ އެ ވާހަކަ އެވެ.
އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ވެސް އަންނަނީ ކޮވިޑުން ރައްކާތެރިކަން ހޯދަން މާސްކް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ހާއްސަކޮށް އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު އެވެ.
މާސްކްގެ ކްރެޑިޓް ނެގުމުން ޕަލްޓްރޯ އަށް ޖޯކްޖަހަނީ
ރޮކްގެ ފަރާތުން އެތުލީޓުންނަށް މާސްކެއް ނެރެފި
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
އިންޑިއާ ސިފައިންގެ މީހަކު މާސްކް ނޭޅުމުން އަނިޔާކޮށްފި
ނިކޯލް ކިޑްމަން ހޮންކޮންގުގައި ކަރަންޓީނުވާކަށް ނުޖެހުނު
މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން