18 ޑިސެމްބަރ 2020
މަގުމަތިން ދިމާވެ ދިވެހި ފުޓްބޯޅައިގެ ވާހަކަ ދައްކައި މެޗުތަކާ ގުޅޭ ސުވާލުތައް ކުރާ މީހުން ގިނަވަމުން އަންނަކަމަށާއި މިއީ ދިވެހި ފުޓްބޯޅައިގައި ސަޕޯޓަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މަގުމަތިން ދިމާވެ ދިވެހި ފުޓްބޯޅައިގެ ވާހަކަ ދައްކައި މެޗުތަކާ ގުޅޭ ސުވާލުތައް ކުރާ މީހުން ގިނަވަމުން އަންނަކަމަށާއި މިއީ ދިވެހި ފުޓްބޯޅައިގައި ސަޕޯޓަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އެފްއޭއެމުން މި ފަަހަރުގެ ފުޓްބޯޅަ މެޗުތައް ފޭސްބުކް މެދުވެރިކޮށް ލައިވްކުރަމުން އަންނައިރު، ޕީއެސްއެމްގެ ޔެސް ޓީވީން ވެސް އަންނަނީ ވަގުތުން މެޗުތައް ދައްކަމުންނެވެ. އަނެއްކޮޅުން ސޯޝަލް މީޑިއާގައި ފުޓްބޯޅަ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް މީޑިއާތަކާއި އެފްއޭއެމުން ވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭހެ ޖޯޒީ އުފައްދާ ބްރޭންޑްތަކާއި ބައެއް ވިޔަފާރިތައް ވެސް އަންނަނީ ފުޓްބޯޅައިގެ ތެރެއަށް ވަންނަމުންނެވެ.
ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ސަޕޯޓެއް ނެތޭ ބުނެ އެ ދެކެވޭ ވާހަކަތަކުގައި މުޅިން އަސްލެއް ނޫންކަން މިހާރު ފެންނަމުން އަންނަ އެއް ސަބަބަކީ ސޯޝަލް މީޑިއާގައި ދިވެހި ފުޓްބޯޅައިގެ ހަރަކާތްތައް ގިނަވުން ކަމަށެވެ. ދިވެހިންނަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބައެއް ކަމަށާއި ގިނަ ކަންކަން ކުރަނީ އޮންލައިންކޮށް ކަމަށްވާއިރު ފުޓްބޯޅަ މާކެޓް ކުރަން އެންމެ ރަނގަޅު ޕްލެޓްފޯމަކީ ސޯޝަލް މީޑިއާ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ފުޓްބޯޅައިގައި ކޮންމެ ގޮތަކުން ވެސް މީހުން އެންގޭޖްވާތަން ފެނުމަކީ ހިތްހަމަޖެހުމެއް. މެޗުތައް ސޯޝަލް މީޑިއާގައި ލައިވްކޮށް ޓީވީން ލައިވްކުރީމަ އެ އިފެކްޓް އަންނަކަން ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ބުންޏެވެ.
"މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން މަގުމަތިން މީހުން ކުރާ ކަހަލަ ސުވާލުތައް އަންނަން ފެށީމަ އެބަ އެނގޭ މެޗު ބަލާފައި ކަން މެޗަށް ވަރަށް ސަމާލުކަން ދީފައި ހުރީމަކަން އެ ސުވާލުތައް އަންނަނީ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އުއްމީދަކީ ދަނޑުގެ ގޮނޑިތަކުން އެ މޫނުތަން ފެންނާނެ ދުވަހެއް،"
ނުވަ މަސް ދުވަހަށް ފަހު މި އަހަރުގެ ފުޓްބޯޅަ ސީޒަން މި މަހު ފެށިއިރު މިހާތަނަށް ސީޒަން ހުޅުވާ މެޗު ލައިގެން ފަސް މެޗެއް ވަނީ ކުޅެފަ އެވެ. ފަސް މެޗު ވެސް ޓީވީން ލައިވްކުރިއިރު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާހަގަކުކުރި އެއް ކަމަކީ ގަލޮޅު ދަނޑުގައި ސިޑިބަރިތަކުގައި ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިންގެ ޕާކް ހަދާ ސާމާނާއި އައުޓްޑޯ ޖިމް ސާމާނުތައް ބަހައްޓާފައި ހުރުމެވެ. އެނގިފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި އެ ވާހަކަތައް އާންމުވެފައިވަނިކޮށް މިހާރު އަންނަނީ އެ ތަކެތި އެތަނުން ނެގުމުގެ މަސައްކަތްކުރަމުންނެވެ.
ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗުން ކްލަބް އީގަލްސް އަތުން 3-2 އިން ބަލިވި ނަމަވެސް އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ވަނީ މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 4-0 އިން ބަލިކޮށްފަ އެވެ. ލީގުގެ ދެ ވަނަ މެޗުގައި މާޒިޔާ މާދަމާރޭ 9 ޖަހާއިރު ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ގްރީން ސްޓްރީޓްސް ފުރަތަމަ މެޗުން ވަނީ 1-0 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ.
"މީގައި މުހިއްމީ ކުރިއަށް އޮތް މެޗަށް ޓީމު މަސައްކަތްކުރާނެ ގޭމްޕްލޭން އަކާ ޓެކްޓިކްސް އަކަށް މަސައްކަތްކުރުން. އެއްގޮތަކަށް ވެސް އެ ޓީމު (ގްރީން ސްޓްރީޓްސް) އިން ކުރިން މެޗުގައި ނެރުނު ނަތީޖާއެއް މުހިއްމު ނޫން. އެ މީހުން ކުޅޭ ގޭމާއި ގޭމްޕްލޭން އަދި ޓެކްޓިކްސް އަށް ބަލާއިރު އެއީ ރަނގަޅު ޓީމެއް.. އެކަން ސިކުނޑީގައި ބަހައްޓައިގެން އެންމެ އެކަށީގެންވާ ގޮތަށް މި ތައްޔާރުވަނީ. މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެން މި ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.
މާޒިޔާ ކޯޗެއްގެ ގޮތުގައި ހުންނައިރު އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ ކުޅުންތެރިންގެ ކޮމްބިނޭޝަނާއި ދޭދޭ ކުޅުންތެރިންގެ މެދުގައި އެ އޮންނަ ގުޅުން ވަރުގަދަވުން ކަމަށް ނިޒާމްބެ ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ އައްޔަ (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
މިިދިޔަ ސީޒަނަށް ފަހު މާޒިޔާ އިން ޓީމު ވަރުގަދަކުރަން ގެނައި ހަމައެކަނި ދިވެހި ކުޅުންތެރިއަކީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު އެވެ. މި ފަހަރު މާޒިޔާ ކުޅުނު ދެ މެޗުގައި ވެސް އުމެއިރު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނިޒާމްބެ ބުނީ އުމެއިރަކީ ރާއްޖޭގެ ފުޓްބޯޅައިގައި ގޯލްކީޕަރު ނޫން ހުރިހާ މަގާމެއްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ތަޖުރިބާގެ ބޭނުން މާޒިޔާގެ ސްކޮޑާއި ވަކިވަކި ކުޅުންތެރިންނަށް ވެސް ހިފޭނެ ކަމަށެވެ.
"އޭނަ (އުމެއިރު) އަކީ އޯވަރޯލް ޕްލޭޔަރެއްކަން އެބަ އެނގޭ. އޭނަގެ އެކްސްޕީރިއަންސަށް ބަލާއިރު އޭތި ވަރަށް ރަނގަޅަށް ކުޅުންތެރިންނާ ހިއްސާކުރާކަން ފާހަގަކުރެވޭ. އަނެއްކޮޅުން އެ ކުޅުންތެރިން އެންކަރޭޖް ކުރަން އެ ކުރާ މަސައްކަތް އެއީ އެކްސްޕީރިއަންސް ކުޅުންތެރިއެއްގެ ފަރާތުން އެންމެ ބޭނުން ކަންތައް. އެ ކަންތައް ފެންނާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އުއްމީދުކުރަނީ ދެން ތިބި ކުޅުންތެރިން އެ އެކްސްޕީރިއަންސްގެ ބޭނުންހިފައި އޭނާގެ ކިބައިން އެއްޗެއް ދަސްކުރުން،" ނިޒާމްބެ ބުންޏެވެ.
މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗް އާއި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް 90 މިނިޓަށް ބޭނުންކުރާނީ އެ ދެ ކުޅުންތެރިން 100 ޕަސެންޓް ފިޓްވުމުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ބޭނުންވާ ސްޓައިލަށް މާޒިޔާ ލައްވައި ކުޅުވޭނެ: ނިޒާމްބެ
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގްރަންޑޭ ބަލިކޮށް ވެލެންސިއާ ފަރަގު ކުޑަކޮށްފި
ޓީސީ ބަލިކޮށް މާޒިޔާ ލީޑު ފުޅާކޮށްފި
އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މާޒިޔާއަށް: ރިސްޓޯ
ހަމްޕުގެ ގޯލުން މޮޅުވެ މާޒިޔާ ލީޑުފުޅާކޮށްފި
ޔޫވީ މެޗަކީ މާޒިޔާ އަށް ޓެސްޓެއް: ވިޑަކޮވިޗް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް