18 ޑިސެމްބަރ 2020
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޓާމިނަލާ އެކު، ޓޫރިސްޓުންނަށް ރިސޯޓްތަކުން ދޭ ފަދަ ހިދުމަތްތައް އެއާޕޯޓުގެ ތެރެއިން ދެވޭނެ ކަމަށް އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޓާމިނަލާ އެކު، ޓޫރިސްޓުންނަށް ރިސޯޓްތަކުން ދޭ ފަދަ ހިދުމަތްތައް އެއާޕޯޓުގެ ތެރެއިން ދެވޭނެ ކަމަށް އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެ އެވެ.
"މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓުއާޓް ވިދާޅުވީ، އާ ޓާމިނަލާ އެކު އެއާޕޯޓުން ފަސް ތަރީގެ ހިދުމަތްތަކާއި ހަތް ތަރީގެ ހިދުމަތްތައް ވެސް ދެވޭނެ ކަމަށެވެ.
"މިކަން ހާސިލްކުރަން އެމްއޭސީއެލް އިން ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. އޭރުން އާ ޓާމިނަލުން ރާއްޖޭގެ ރިސޯޓުތަކުން ދޭ ހިދުމަތްތަކާ އަޅާކިޔޭނެ ހިދުމަތްތައް ދެވޭނެ. އުންމީދުކުރަނީ އެކަން ހާސިލްވާން،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އަވްޝަމް އިލްޔާސް/މިހާރު
ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އެ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭނެ އެވެ. އަދި 10 ސްކީރިން މެޝިނާއި 10 ގޭޓް ހުންނާނެ އެވެ.
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލް ނިމޭނެ ކަމަށް ބެލެވެނީ 2022 ގަ އެވެ.
އެއާޕޯޓުގައި ޓޫރިސްޓުން ހިދުމަތް ހޯދަނީ. --ފޮޓޯ: މިހާރު
މި ޕްރޮޖެކްޓަށް ސައުދީ ފަންޑުން 357 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ. އެ ފަންޑުގެ އިތުރުން ދެން ފައިސާ ދެނީ މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުންނެވެ.
މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް 2018 ވަނަ އަހަރު ހިސާބުގައި ފެށި ނަމަވެސް މަސައްކަތް ހުއްޓިފައި ދުވަސްތަނެއް ވަންދެން އޮތެވެ. ވެރިކަން ބަދަލުވުމަށް ފަހު މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމައި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއަށް ފަހު މަސައްކަތް އަންނަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
"ހިދުމަތް އަވަސް ކުރަންދަތީ އުސޫލުގައި ހިފަހައްޓާތީ"
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް