19 ޑިސެމްބަރ 2020
ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމަކަށް މިހާތަނަށް އެންމެ ހަގު އުމުރުގައި ލަވައެއް ކިޔަން ފުރުސަތު ލިބުނު އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ބިލީ އީލިޝްގެ ޑޮކިއުމަންޓަރީއެއް އަންނަ އަހަރު ގެނެސްދޭން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމަކަށް މިހާތަނަށް އެންމެ ހަގު އުމުރުގައި ލަވައެއް ކިޔަން ފުރުސަތު ލިބުނު އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ބިލީ އީލިޝްގެ ޑޮކިއުމަންޓަރީއެއް އަންނަ އަހަރު ގެނެސްދޭން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
އެޕަލް ޓީވީ ޕްލަސް އިން ފެބްރުއަރީ މަހުގެ 26 ގައި ގެނެސްދޭން ހަމަޖެހިފައިވާ ޑޮކިއުމަންޓަރީގެ ނަމަކީ "ބިލީ އީލިޝް: ދަ ވޯލްޑްސް އަ ލިޓްލް ބްލަރީ" އެވެ. މީގެ ޑައިރެކްޓަރަކީ އާރްޖޭ ކަޓްލާ އެވެ.
ޑޮކިއުމަންޓަރީގައި މިހާރު 18 އަހަރުގެ ޒުވާނާ ބޮޑުވަމުން އައި ދުވަސްވަރުގެ ވާހަކަތަކާއި އެހާ ޅަ އުމުރުގައި ކާމިޔާބު މިއުޒިކް ކެރިއަރެއް ބިނާކުރަން އާއިލާދިން ސަޕޯޓާއި އެހީގެ ވާހަކަތައް ވެސް ކިޔައިދޭނެ އެވެ.
އެމެރިކާގެ ލޮސް އެންޖެލިސް އަށް އުފަން ބިލީގެ ކެރިއަރުގައި މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ފަސް ގްރެމީ އެވޯޑް ހާސިލުކޮށްފައިވެ އެވެ.
އޭނާގެ އަލަތު އަލްބަމަކީ މިދިޔަ އަހަރު ނެރުނު "ވެން ވީ އޯލް ފޯލް އެސުލީޕް، ވެއާ ވީ ޑޫ ގޯ؟" އެވެ. މި އަލްބަމްވެގެން ދިޔައީ މިއުޒިޝަނެއްގެ ގޮތުގައި ބިލީ ކުޅަދާނަކަމާއި ހުނަރުވެރިކަން ވަރަށް ބޮޑަށް ސާބިތުކޮށްދިން އެއްޗަކަށެވެ.
އަންނަ އަހަރު ރިލީޒްކުރާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ތީމް ލަވަ ކިޔާފައި ވަނީ ބިލީ އެވެ.
ބުރޫސް ސްޕްރިންގްސްޓީންގެ ޑޮކިއުމަންޓަރީ ސްކްރީނަށް
ކޮވިޑާ ހެދި ފަސްކުރި ގްރެމީ އެޕްރީލްގައި ބާއްވަނީ
ކަންޔޭގެ ޑޮކިއުމަންޓަރީއެއް އަންނަ މަހު
ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ 28 ގައި
ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީ އަށް ވިއްކާލައިފި
ލަވަކިޔުންތެރިޔާ އައިލިޝްގެ ނަމުގައި ސެންޓެއް
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
ލަވަކިޔުންތެރިޔާ އަރިއާނާ ކައިވެނިކޮށްފި
ކަންޔޭގެ ބޫޓު 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ
ކަންޔޭގެ ބޫޓެއް މިލިއަން ޑޮލަރަށް ވިއްކާލަނީ