12 ޑިސެމްބަރ 2020
ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އެއްބާރުލުންދިނުން ބަލިކަށިކޮށްލަން ދީނީ ހަރުކަށި ފިކުރު ބޭނުންކުރުން އިތުރުވެފައިވާ ކަމުގެ އިންޒާރު, ބުރާސްފަތިދުވަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓެއްގައި ދީފި އެވެ.
ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އެއްބާރުލުންދިނުން ބަލިކަށިކޮށްލަން ދީނީ ހަރުކަށި ފިކުރު ބޭނުންކުރުން އިތުރުވެފައިވާ ކަމުގެ އިންޒާރު, ބުރާސްފަތިދުވަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓެއްގައި ދީފި އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތާއި ހޭލުންތެރިކަން ހުރި މިންވަރު ބެލުމުގެ ސިލްސިލާ ދިރާސާ, ދަ ރައިޓްސް ސައިޑް އޮފް ލައިފްގެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ދީނީ ހަރުކަށި ވިސްނުންތައް ފަތުރާ މައްސަލަ ހައްލުކުރަން ދައުލަތުން ކޮންމެހެން ވެސް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
މިންތީގެ ހަމަހަމަކަން (ޖެންޑާ އީކުއަލިޓީ) އަދި ކުޑަކުދިންގެ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ އާއްމުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ދިރާސާގެ ހޯދުންތަކުގެ އަލީގައި ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ގޮތަށް ގަބޫލުކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"މިއީ ހަރުކަށި ފިކުރާއި އަނިޔާވެރި ހައްދުފަހަނައެޅުން އިތުރުވުމުގެ އަލާމާތެކެވެ. މި ސާވޭ އިން އަދި އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުޑަވުމުގެ ގެއްލުން އެންމެ ބޮޑުވާނީ އަންހެނުންނަށާއި ކުޑަ އަންހެންކުދިންނަށާއި ކުޑަކުދިންނަށެވެ."
އިންސާނީ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ މީހުންގެ އަދަދު އިތުރުވެއްޖެކަން ސާވޭގެ ނަތީޖާ އިން އެނގެ އެވެ. ގިނައިން އެ ގޮތަށް ދެކެނީ އަންހެނުންނެވެ. ފުށުއެރުމެއް ނެތް ކަމަށް ގަބޫލުކުރާ މީހުން މާލެ އަށް ވުރެ ގިނައީ ރަށްރަށުގަ އެވެ. އިންސާނީ ހައްގުތައް ދީނާ ފުށުއަރާ ކަމަށް, ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދެކެ އެވެ.
އިންސާނީ ހައްގުތައް ދީނާ ޚިލާފު ކަމަށް ދެކޭ މީހުންގެ 36 ޕަސެންޓަކީ އުމުރުން 20-29 އަހަރުގެ ޒުވާނުންކަން ފާހަގަކޮށް, ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ފުށުއެރުމެއް ނެތް ކަމަށް ގިނައިން ދެކެނީ 70 އަހަރުން މަތީގެ މީހުންނެވެ.
އިންސާނީ ހައްގުތައް ދީނުގެ އުސޫލުތަކާ އެއްގޮތް ނޫން ކަމަށް ގަބޫލުކުރާ އެންމެ އާއްމު އެއް ސަބަބަކީ, ސާވޭ އިން އެނގޭ ގޮތުގައި, އިންސާނީ ހައްގުތައް, މިންތީގެ ހަމަހަމަކަމަށާއި ކުޑަކުދިންގެ ހައްގުތަކަށް ބާރުއަޅާތީ އެވެ. އަދި އިންސާނީ ހައްގުތައް އިސްލާމީ ޝަރީއަތާ ޚިލާފު ކަމަށާއި އިސްލާމީ ވެލިއުސްއާ ފުށުއަރާ ކަމަށް ދެކޭކަން ވެސް ފާހަގަކޮށް ރިޕޯޓުގައި ބުނީ މިކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
"މިއީ ހަރުކަށި ފިކުރާއި އަނިޔާވެރި ހައްދުފަހަނައެޅުން އިތުރުވުމުގެ އަލާމާތެކެވެ. މި ސާވޭ އިން އަދި އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުޑަވުމުގެ ގެއްލުން އެންމެ ބޮޑުވާނީ އަންހެނުންނަށާއި ކުޑަ އަންހެންކުދިންނަށާއި ކުޑަކުދިންނަށެވެ," އެޗްއާރުސީއެމް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސާވޭ އިން އެނގުނު ގޮތުގައި "ރަނގަޅު އަތްބެއް ނަމަ އޭނާ ދެބަސްވާ ކަންކަމުގައި ވެސް ފިރިމީހާ އަށް ބޯލަނބާނެ" ކަމަށް ގާތްގަނޑަކަށް 83 ޕަސެންޓް މީހުން ދެކެ އެވެ. އެ ގޮތަށް ގިނައިން ގަބޫލުކުރަނީ ރަށްރަށުގައި ދިރިއުޅޭ މީހުންނެވެ. އަދި 12 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ބޯނުލަނބައިފި ނަމަ އަނބިމީހާ ގައިގައި ޖެހުމުގެ ހައްގު ފިރިމީހާ އަށް އޮންނާނެ އެވެ. އެ ގޮތަށް ވެސް ފިރިހެނުންނަށް ވުރެ ގިނައިން ދެކެނީ އަންހެނުންނެވެ.
ސާވޭ އިން އެނގުނު ގޮތުގައި ކައިވެންޏަކީ ދެ މީހެއްގެ ޕާޓްނަޝިޕެއް ކަމަކަށް ގިނަ މީހުން ނުދެކެ އެވެ. ކައިވެނީގައި އަނބިމީހާ އަށް އޮތީ ފިރިމީހާ އަށް ބޯލެނބުމުގެ ދައުރެއް ކަމަށް ދެ ޖިންސުގެ މީހުން ވެސް ވަނީ ބަލައިގެންފަ އެވެ. އަދި ދެމަފިރިން ދޭތެރޭ އޮންނަ ގުޅުމުގައި ފިރިމީހާގެ ބާރުގަދަވާނެ ކަމަށް ދެކޭ އަންހެނުން ފިރިހެނުންނަށް ވުރެ ގިނަކަން ވެސް ފާހަގަކުރެވެ އެވެ.
"ކައިވެނީގައި އަންހެން މީހާގެ ރުހުމާ އެކު ކަންކަން ކުރުމަށް ތާއީދު ކުޑަކަން މި ދިރާސާ އިން ހާމަވެ އެވެ. މިއީ މިހާރުން މިހާރަށް ހޭލުންތެރިކުރުމުގެ ފިޔަވަޅުތައް ބޭނުންވާ ކަމެކެވެ," ރިޕޯޓުގައިވެ އެވެ.
ރައިޓްސް ސައިޑް އޮފް ލައިފްގެ ތިންވަނަ ސާވޭގައި، އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައިވެ އެވެ. މިދިޔަ އަހަރު ކުރި އެ ސާވޭގައި ހިމެނި ދާއިރާތަކުގެ ތެރޭގައި ޑިމޮކްރެޓިކް އިސްލާހު، އަމާންކަމާއި ކުށްކުރުން، އިންސާނީ ހައްގުތަކާއި ދީން، އާއިލީ ނުވަތަ ގޭތެރޭގެ ދިރިއުޅުން، ގެވެށި އަނިޔާ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް އަދި ހަމަހަމަކަމާ އެކު ޚިދުމަތް ލިބިގަތުމުގެ ހައްގު ހިމެނެ އެވެ. ރައިޓްސް ސައިޑް އޮފް ލައިފްގެ ދެވަނަ ސާވޭ އަށް ފަހު ވޭތުވި ހަތް އަހަރު ތެރޭ އިންސާނީ ހައްގުތަކާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާކަން އާ ސާވޭ އިން ވަނީ އެނގިފަ އެވެ. ރިޕޯޓުގައި އެޗްއާރުސީއެމުން ބުނިގޮތުގައި އެ ކަންބޮޑުވުންތައް ހުރީ ގައުމީ ފެންވަރުގައި ވަގުތުން އިޖާބަދޭން ޖެހޭ ފަދަ ސީރިއަސް މައްސަލަތަކަކަށް ވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވި 20 ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭގައި 1160 މީހުން ބައިވެރިވި އެވެ.
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
ސާބިތު ޚަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަނީ
އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި އަފްގާނު މީހުން
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ
އާއްމުންނަށް އެންމެ މުހިއްމީ ކުޑަކުދިންގެ ހައްގުތައް