ޒުވާން އަންހެން ގްރޫޕަކުން، އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
23 އޯގަސްޓް 2018
ޒުވާން އަންހެން ގްރޫޕަކުން، އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަންހެން ކުއްޖަކަށް އަނިޔާކުރި ވީޑިއޯގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ އަށް ބަލާއިރު، ތިން އަންހެނުން ހިމެނޭ ގްރޫޕަކުން ދުވާލުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ގެންދަނީ ހުޅުމާލޭގައި ޗައިނާ އިން އަޅާފައިވާ ފްލެޓެއް ކައިރިއަށެވެ. އެތަނަށް ގެންގޮސް އަންހެން ކުއްޖާގެ ގައިގައި ތަޅައި ހުތުރު ބަހުން ވާހަކަ ދައްކަ އެވެ. އަދި އެތަނުން އޭނާ ދޫކޮށްލަންވީ އޮރިޔާންކުރުމަށްފަހު އޭ ވެސް ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.
ނަމަވެސް އެއީ ކޮން އިރަކު ހިނގި ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ވީޑިއޯ އާއްމުވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވެ އެވެ. އަދި ސީރިއަސް ކަމެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވެ އެވެ.
ދަރިޔަށް ވަޅިން ބިރު ދައްކައިގެން ބައްޕަ ހައްޔަރުކޮށްފި
ނަޝްފާއަށް އަނިޔާކުރި ދެ ކުދިންގެ ބަންދަށް 15 ދުވަސް
ނަޝްފާއަށް އަނިޔާކުރި ދެ ކުދިން ހައްޔަރުކޮށްފި
ގެއްލުނު ކުއްޖާ ފެނިއްޖެ
ގުރޫޕަކުން އަނިޔާކުރި އަންހެން ކުއްޖާ ހޯދަނީ
އެންޓަނާ އަށް އެރި ކުއްޖާ ދެ މީހަކު ވެގެން ބާލައިފި
"އެއްވުމުގެ ވާހަކަތަކުގެ ތަހުގީގު ކުރާކަން އެންގި"
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި
ތޫނުއެއްޗަކުން މާރާމާރީ ހިންގި ދެ ކުއްޖަކު ހައްޔަރު
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި