Roadha Mihaaru
ދަރިޔަށް ވަޅިން ބިރު ދައްކައިގެން ބައްޕަ ހައްޔަރުކޮށްފި

ދަރިފުޅަށް ވަޅިން ބިރުދެއްކި މީހަކު ދިއްފުށިން ހައްޔަރުކޮށްފި

10 ޖުލައި 2019

ކ. ދިއްފުށީގައި ފިރިހެން ދަރިފުޅަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލާގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކ. ދިއްފުށީގައި ފިރިހެން ދަރިފުޅަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލާގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ކުށުގެ ރެކޯޑް އޮންނަ އެ މީހާ އޭނާގެ ދަރިފުޅަށް ވަޅިން ބިރުދެއްކުމުގެ އިތުރުން އާއިލާގެ އެހެން މީހުންނާ ވެސް މާރާމާރީ ހިންގި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު މައުލޫމާތެއް ކައުންސިލުން ލިބޭ ގޮތެއް ނުވި އެވެ.

އޭނާގެ ދަރިފުޅަކީ ކ. އަތޮޅު އެހެން ރަށެއްގެ މީހަކާ އިނދެގެން ލިބުނު ކުއްޖެކެވެ. އެ ކުއްޖާ ދިރިއުޅެނީ މަންމައާ ވަކިން ދިއްފުށީގައި އޭނާގެ ބައްޕަގެ އާއިލާ މީހުންނާ އެކު އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އާއިލާ މީހުންނަށް ހަމަލާދީ ތޫނު އެއްޗަކުން ބިރުދެއްކި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި ފުލުހުން ވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.