Roadha Mihaaru
މަސްވެރިންނަށް އައިސް ވިއްކާ އަގު ހެޔޮކޮށްފި

މަސްވެރިންނަށް އައިސް ވިއްކާ އަގު ހެޔޮކޮށްފި

10 ޑިސެމްބަރ 2020

މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އައިސް ވިއްކާ އަގު މިފްކޯ އިން ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އައިސް ވިއްކާ އަގު މިފްކޯ އިން ހެޔޮކޮށްފި އެވެ.

އައިސް ވިއްކާ އަގުތައް މިފްކޯގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. މި އަގުތަކުގެ ތަފްސީލްތައް މަސްވެރިންނަށް ވަނީ ހިއްސާކޮށްފަ އެވެ. ރާއްޖޭގެ 20 ސަރަހައްދެއްގައި މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމުތައް މިފްކޯ އިން ވަނީ ހަމަޖައްސައިފަ އެވެ.

މަސް ކިރުމުގައި ގިނަ ވަގުތުތަކެއް މަސްވެރިން ހޭދަކުރާ އިރު އައިސް ހެޔޮ އަގުގައި ލިބެން ފެށުމަކީ މަހުގެ ފެންވަރު ހިފެހެއްޓުމަށް މަގުފަހިވާނެ ކަމެއް ކަމަށް މިފްކޯ އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރަމުން މިހާރު ވެސް ޕްލޭންތައް ވަނީ ރާވައިފަ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރާ އިރު އަދި ވެސް މަސްވެރިންނަށް "ހަމަ އަގު" ނުލިބޭ ކަމަށް ގިނަ މަސްވެރިން ބުނެ އެވެ. މަސްވެރިން ބުނީ، މަހުގެ އަގު ކޮންޓްލޯން ކުރުމުގައި ސަރުކާރުން މިހާރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.