Roadha Mihaaru
މަސްވެރިންނަށް ހާއްސަ ފިހާރައެއް ސޮނީން ހުޅުވައިފި

މަސްވެރިންނަށް ހާއްސަ ފިހާރައެއް ސޮނީން ހުޅުވައިފި

10 ޑިސެމްބަރ 2020

ރާއްޖޭގައި ރީޓެއިލް ވިޔަފާރީގައި މަޝްހޫރު ސޮނީ ހާޑްވެއާ އިން މަސްވެރިންނަށް ހާއްސަ އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ރީޓެއިލް ވިޔަފާރީގައި މަޝްހޫރު ސޮނީ ހާޑްވެއާ އިން މަސްވެރިންނަށް ހާއްސަ އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.

"ސޮނީ ފިޝިން" ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނާނީ ބޮޑުތަކުރުފާނު މަގުން މަސް މާރުކޭޓު ސަރަހައްދުގަ އެވެ. މި ފިހާރަ އިން މަސްވެރިކަމަށް ބޭނުންވާ ގިނަ ސާމާނު ލިބޭނެ އެވެ. އޭގެ ތެރޭގައި މަސްދޮއްޓާއި ބުޅި އާއި ރީލް އާއި ފިޝިން ލުއާ ފަދަ ސާމާނު ހިމެނެ އެވެ.

ސޮނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް ތައްޔާރު ކުރައްވާފައިވާ ފިޝިން ލުއާ ވެސް "ސޮނީ ފިޝިން" އިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އުފެއްދުންތަކުގެ ބްރޭންޑަކީ ޝިމާނޯ އެވެ. މީގެ އިތުރުން ރަޕާލާ އާއި މަސްޓާޑް އާއި ޔަމަގާ ބްލޭންކްސް ފަދަ ބްރޭންޑް ތަކުގެ ސާމާނު ލިބޭނެ އެވެ.

ސޮނީ ފިޝިން ފިހާރައިގެ އެތެރެ--ފޮޓޯ:ސޮނީ

ސޮނީ ފިޝިން ފިހާރައިގެ އެތެރެ--ފޮޓޯ:ސޮނީ

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. މަސްވެރިންނަށް ހާއްސަ ފިހާރައެއް މިއަދުގެ މުނާސަބަތާ ގުޅުވައިގެން ސޮނީން ހުޅުވާފައިވާ އިރު އެ ފިހާރަ އިން ވިއްކާ ތަކެތިން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ފިހާރައާ އެކު މަސްވެރިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމަނު އެއްތަނަކުން ރަނގަޅު އަގެއްގައި ގަތުމުގެ ފުރުސަތު ދިވެހި މަސްވެރިންނަށް ލިބޭނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

މިއީ ސޮނީ ހާޑްވެއާގެ ދަށުން ހުޅުވި ހަތް ވަނަ ފިހާރަ އެވެ.