09 ޑިސެމްބަރ 2019
މަސްވެރިކަމުގެ ދާއިރާ އަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ކުންފުންޏަކީ އެންސިސް ފިޝަރީޒް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ދާއިރާ އަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ކުންފުންޏަކީ އެންސިސް ފިޝަރީޒް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެންސިސް އިން ހުޅުމާލޭގައި ތަރައްގީ ކުރި މަސްދަޅު ބަންދު ކުރާ ކާރުހާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ފެކްޓްރީ ރަމްޒުކޮށްދެނީ އެންސިސް އިން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ކުރާ މަސައްކަތް ކަމަށެވެ. އަދި އެ ފެކްޓްރީއަކީ ރާއްޖޭގެ ތަރައްގީގައި ރައްޔިތުންގެ އެއްބާރުލުން ހާމަ ކުރާ މިސާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންސިސް އިން ގާއިމްކުރި މި ފެކްޓްރީން ދޭހަކޮށްދެނީ މަސްވެރިކަމުގެ ސިނާއަތަކީ ވެސް ދުރު ވިސްނުންތަކާ އެކު އިންވެސްޓްކޮށްފި ނަމަ އެކަމުން ރަނގަޅު ފައިދާ އާއި ނަފާ ހޯދޭނެ ސިނާއަތެއް ކަން." ރައީސް ވިދާޅުވި އެވެ.
ރައީސް އާއި އެންސިސް ގެ އެމްޑީ ފެކްޓްރީގެ އެތެރެ ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އެންސިސް އިން މިއަދު ހުޅުވި ދަޅުމަސް ފެކްޓްރީ އަކީ އެ ކުންފުނީގެ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެކެވެ. މިއީ މާލެ ސަރަހައްދުގައި ހުޅުވުނު މިފަދަ ފުރަތަމަ ފެކްޓްރީ އެވެ. މި ތަނުގައި މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްފައިވާއިރު ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭނެ ކަމަށް އެންސިސް އިން ބުންޏެވެ.
އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ އެންސިސް އިން ހުޅުވި ފެކަޓްރީއަކީ ދިވެހިންނަށް ތަފާތު ވަޒީފާތައް ހުޅުވުނު ފެކްޓްރީއެއް ކަމަށެވެ. އެ ފެކްޓްރީގެ 175 ވަޒީފާ އަންހެނުންނަށް ހާއްސަކޮށްފައިވާއިރު ގޭގައި މަސައްކަތް ކުރަމުން ފެކްޓްރީގައި މަސައްކަތް ކުރެވޭނެ ގޮތްތައް އެ ކުންފުނިން ހަދައިދޭނެ ކަމަށް ވަސީމް ވިދާޅުވި އެވެ.
އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވީ އެންސިސް ފެކްޓްރީއަކީ ހަމައެކަނި މަސްދަޅު އުފެއްދުމަށް ހާއްސަ ފެކްޓްރީއެއް ނޫން ކަމަށެވެ. އެ ފެކްޓްރީގައި ބާކީވާ ތަކެތި ދަނޑުވެރި ކަމަށް ބޭނުންވާ ކާނާ އުފެއްދުމަށް ބޭނުން ކުރެވޭނެ ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ.
"މި ކުންފުނީގައި ވަޒީފާ އަދާކުރާ 650 އެއްހާ މުވައްޒަފުންނާއި ގަވާއިދުން މަސްކިރުވާ 300 ދޯނީގެ މަސްވެރިންނާ އެކީ މަދުވެގެން 5،000 އާއިލާއަށް މި ކުންފުނީގެ ވިޔަފާރީގެ މަންފާ ސީދާ ގޮތުގައި ލިބޭނެ. މި ފެކްޓްރީން ބައެއް ޕްރޮޑަކްޓް އުކާލުމުގެ ބަދަލުގައި އެވެސް ޕްރޮސެސް ކުރާނެ." ވަސީމް ވިދާޅުވި އެވެ.
އެންސިސް އިން ވަނީ އެ ކުންފުނީގެ ފެކްޓްރީގެ އިތުރުން ހުޅުމާލޭގައި ހަދާފައިވާ އައިސްޕްލާންޓް ވެސް މިއަދު ހުޅުވާފަ އެވެ. މި ޕްލާންޓް ވެސް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ސަތޭކަ ޓަނުގެ މި އައިސް ޕްލާންޓުގެ ސަބަބުން މަސްވެރިންނަށް ގަނޑުފެން ލިބުމުގައި ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިގްތިސާދީ ރޭހުގައި މަސްވެރިކަން ކުރިއަރުވަން ޖެހޭ
މަސްވެރިންގެ މައްސަލަތައް ފެށޭ އަހަރު ހައްލުވާނެ:ރައީސް
މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދިވެހިން: ރައީސް
ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާވާނެ
އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދީފި، ރިކޯޑެއް
ހުވަދޫގެ މަސްވެރިންގެ ޝަކުވާތައް ރައީސަށް އޮއްސާލައިފި