Roadha Mihaaru
އެމްއެންޔޫގެ އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަންކޮށްފި

އެމްއެންޔޫގެ އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަންކޮށްފި

01 ޑިސެމްބަރ 2020

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިސް ދެ މަގާމަކަށް މިއަދު ބޭފުޅުން އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިސް ދެ މަގާމަކަށް މިއަދު ބޭފުޅުން އައްޔަންކޮށްފި އެވެ.

އެ ޔުނިވާސިޓީގެ ޑިރެކްޓާ އޮފް ރިސާޗުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޑރ. ރަހީމާ އަބްދުއްރަހީމެވެ. ލ. ގަން ކެމްޕަސް މެނޭޖަރަކަށް ހައްވާ ވަޖުދާ ވަނީ އައްޔަންކުރައްވައިފަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

ޑރ. ރަހީމާ އެމްއެންޔޫއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު ފެކަލްޓީ އޮފް ހެލްތު ސައިންސަށެވެ. އޭނާ ވަނީ އެ ފެކަލްޓީގައި އެކަޑެމިކް މުވައްޒަފެއްގެ ގޮތުގައި 2010 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން ވިލާ ކޮލެޖުގައި ރިސާޗު އެސޯސިއޭޓް އަދި ޑިރެކްޓާ އޮފް ރިސާޗުގެ މަގާމު އަދާކުރެއްވުމަށް ފަހު އެމްއެންޔޫއާ 2016 ވަނަ އަހަރު އަލުން ގުޅިވަޑައިގަތީ ޑީން އޮފް ރިސާޗުގެ މަގާމަށެވެ.

ގަން ކެމްޕަސް މެނޭޖަރަށް ހޮވިވަޑައިގެންނެވި ވަޖުދާ ވަނީ ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން ވީ މީޑިއާގެ ސީނިއާ މާކެޓިން އެންޑް ސޭލްސް އެގްޒެކެޓިވްކަމަމާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އެސިސްޓެންޓް ޕްރޮޑިއުސަރުގެ މަގާމު ހިމެނެ އެވެ.