Roadha Mihaaru
ގެއްލިގެން ހޯދި ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ

29 ނޮވެމްބަރ 2020

އދ. ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އދ. ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ކަން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު 3:30 ކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދަނިކޮށް ފެނުނީ މޫދުން ކަމަށާއި ފެންފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންގެ އިދާރާއަކުން އަދި ހިއްސާއެއް ނުކުރެ އެވެ. މިކަމުގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.