Roadha Mihaaru
ސައިކަލް އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެ

ބާރަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ފަހަތުގައި އިން އަންހެނަކު މަރުވެއްޖެ

29 ނޮވެމްބަރ 2020

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާން އަންހެނަކަށް ލިބުނު ޒަހަމްތަަކާ ގުޅިގެން ފަރުވާ ދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓުގައި މަރުވީ ޅ. ހިންނަވަރު ރެސިން، އައިޝަތު ނަޒްރާ، 24 އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ރޭގަނޑު 10:00 ހާއިރު އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކްމައްޗަށް އެރުމުން ކަމަށެވެ. މި އެކްސިޑެންޓުގައި މަރުވީ ސައިކަލް ފަހަތުގައި އިން އުމުރުން 24 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މިއަދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނަކު ކަމަށާއި އެއީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. އެކްސިޑެންޓުގައި އެ ފިރިހެންމީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.