29 ނޮވެމްބަރ 2020
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަނެއްގައި ފުރަތަމަ ފަހަރަށް ނޫސްވެރިން ބައިވެރިކޮށްފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަނެއްގައި ފުރަތަމަ ފަހަރަށް ނޫސްވެރިން ބައިވެރިކޮށްފި އެވެ.
ރާއްޖޭގެ ބޮޑު ހަތަރު މީޑިއާއެއް ބައިވެރިކޮށްގެން މި އޮޕަރޭޝަން ހިންގަނީ ފުލުހުންްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ޕޮލިސް މީޑިއާގެ އިސް ނެގުމަކަށެވެ. މީޑިއާތައް މި އޮޕަރޭޝަންގައި ބައިވެރިކުރަނީ، ކޮމިޝަނަ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވި ގޮތުގައި "އިމްޕެކްޓް ޖާނަލިޒަމް" އަށް ފުރުސަތު ދިނުމަށެވެ.
ހަތްދިހަ ދެ ގަޑިއިރުގެ މި އޮޕަރޭޝަންގައި ބައިވެރިކޮށްފައި ވަނީ "މިހާރު"ގެ އިތުރުން ޕީއެސްއެމް، ސަން އަދި ރާއްޖެ ޓީވީ އެވެ. އޮޕަރޭޝަން ފެށީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެވެ. އޮޕަރޭޝަންގައި ބައިވެރިވާ ނޫސްވެރިން އަދިވެސް ތިބީ ސީންގަ އެވެ.
ހަމީދު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި ވިޔަފާރި ކުރުމާ ގުޅުން ހުރި އޮޕަރޭޝަންތަކުގައި ކުރިއަށް އޮތްތާނގައި ވެސް ނޫސްވެރިން ބައިވެރިކުރާނެ އެވެ. އޭގެ މަގުސަދަކީ އެކި ކަންކަން ހިނގާ ގޮތާ ދޭތެރޭ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
In an effort to raise awareness on the volume crime that occur in Male’ City and to enable “impact journalism” we gave journalists and reporters from 4 media outlets 72 hrs access to an on going police operation, targeted to curb street level peddling of narcotic drugs.
— Mohamed Hameed (@M_Hameedh) November 29, 2020
"މިހާރު"ން މި އޮޕަރޭޝަންގައި ބައިވެރިވި ނޫސްވެރިޔާ އާސިމާ ނިޒާރު ބުނި ގޮތުގައި ފުލުހުންނާ އެކު މި އޮޕަރޭޝަންގައި ބައިވެރިވުމުން ވަރަށް ގިނަ ކަންކަން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ފުލުހުން އޮޕަރޭޝަންތަކުގައި ރެއިޑް ކުރާ ގޮތާއި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތާއި ޓްރެންޑް ވަރަށް ރަނގަޅަށް ފެނުނުކަން އޭނާ ފާހަގަކުރި އެވެ.
ބައެއް މީޑިއާތަކާ އެކު، ފުލުހުން މިހާރު ފަށާފައިވާ ޑްރަގް އޮަޕަރޭޝަންގައި ބަޔަކު ފާސްކުރަން ހިފަހައްޓާފައިވާއިރު ނޫސްވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެ އޮޕަރޭޝަނުގައި މީޑިއާތަކުން ބައިވެރިވި ކޮންމެ ނޫސްވެރިއަކާ ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީޑީ) ގެ މީހަކު ވަނީ ހަވާލުވެފަ އެވެ. އޮޕަރޭޝަން ހިންގާ ތަންތަނަށް ދިޔައީ ޑީޑީގެ ފުލުހުންނާ އެކުގައި ކަމަށާއި އޮޕަރޭޝަން ހިންގާ ސަރަހައްދަށް ވަނުމުގެ ކުރިން، އެ އޮޕަރޭޝަނެއް ހިންގާ ތަނެއްގެ މައުލޫމާތެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.
ނޫސްވެރިންނާ އެކު ފުލުހުން މިހާރު ހިންގާ އޮޕަރޭޝަން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މަސްތުވާތަކެތި ހޯދައި، އެތަނުގެ ތެރޭގައި ތިބި މީހުންނާ ސުވާލުކުރުމަށް ފުލުހުންނާ އެކު އެ ތަންތަނަށް ނޫސްވެރިން ވަދޭ. ބޭނުމަކީ، މި މީހުން މި މަސައްކަތް ކުރާ ގޮތުގެ ހަގީގީ މަންޒަރު ދެއްކުން. އެ ސީނަށް ފުލުހުން ވަންނަނީ ވެސް ނޫސްވެރިން ފޮޓޯ އާއި ވީޑީއޯ ނަގަން ފުރުސަތު ދެމުން،" އާސިމާ ބުންޏެވެ.
"މަސްތުވާތަކެއްޗާއި އެ ބޭނުން ކުރާ ސާމާނާއި އެކަމަށް ކުރާ އިންތިޒާމުތައް ފެންނަން ހުރި،" އޭނާ ބުންޏެވެ.
މި އޮޕަރޭޝަނާ ބެހޭ ތަފުސީލީ ރިޕޯޓްތަކެއް ކުރިއަށް އޮތްތާނގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ.
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!
ފުލުހުންގެ ޑްރަގް އޮޕަރޭޝަން މެދުކަނޑާލައިފި
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ފުލުހުން މީޑީއާތަކަށް ހަމަހަމަ ފުރުސަތެއް ނުދޭ