ށ. ފޭދޫގައި ވައްކަމުގެ މައްސަލަތައް ގިނަވެ އެ ރަށު އަމާންކަން އެއްކޮށް ގެއްލިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
24 ނޮވެމްބަރ 2020
ށ. ފޭދޫގައި ވައްކަމުގެ މައްސަލަތައް ގިނަވެ އެ ރަށު އަމާންކަން އެއްކޮށް ގެއްލިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށުގައި ވައްކަމުުގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެ އިއްޔެ އެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ވައްކަމުގެ މައްސަލަތައް ގިނަވެ އެކަމާ މެދު އާންމުން ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ނިކުންނަ ހިސާބަށް ވެސް ވަނީ ގޮސްފަ އެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު "މިހާރު" އަށް ވިދާޅުވީ ވައްކަމުގެ މައްސަލަތައް ރަށުގައި އަބަދުވެސް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި ހަފްތާއަކު ވައްކަމުގެ ހަތަރު ފަސް މައްސަލަ ކައުންސިލަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އާންމުކޮށް ވައްކަން ކުރަން ގޭގެ އަށް ވަދެ އުޅެނީ ދަންވަރު ގަޑީގައި ކަމަށާއި މޫނު ފޮރުވައިގެން ގެތަކަށް ވަދެ ނަގައިފައި ނުނަގާ ވަކި އެއްޗެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުސްކުޅިން އެކަނި އުޅޭ ތަންތަނަށް ވަދެ ރައްކާކޮށްފައި ހުންނަ ހުރިހާ ފައިސާއެއް އެބަ ވަގަށް ގެންދޭ. ގޭސް ފުޅި އެއްޗެހި ހިފައިގެން ގޮސް އެއަށް ހަދާނެ އެއްޗެއް ހަދައިފަ އަނެއް ދުވަހު އޭތި އަނބުރާ ގެންގޮސްފައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"މިއިން ކަމެއް ނުހިނގާ ދުވަހެއް މިހާރު މަދުން ނޫނީ ނުދޭ."
އޭނާ ވިދާޅުވި ގޮތުގައި ރަށު ރައްޔިތުންނަށް މިހާރު ބިރުވެރި ކަމުގައި ހަމަ ނިދި ނުނިދެ އެވެެ.
ޝާމިރު ވިދާޅުވީ މައްސަލަތައް ގިނަވެފައި ވަނީ އެކަމުގައި ކަމާ ބެހޭ އިދާރާތަކުގެ އިހުމާލުން ކަމަށެވެ.
"މި ރަށަކީ އަތޮޅުގައި ވެސް އެންމެ ކުށް ގިނަ އެއް ރަށް. މިވަރު ވާއިރު އެ މީހުންނަށް ފިޔަވަޅު ނަޅާއި އެންމެ ކުޑަމިނުން މައްސަލަ ބަލައި ވެސް ނުލަންޏާ ދެން ކުރާ ކަމެއް ކުރަން ހިތްވަރު ދޯ ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
ޝާމިރު ވިދާޅުވިގޮތުގައި 1300 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި އެންމެ ކުޑަމިނުން މައްސަލަ ރިޕޯޓުކޮށްލެވޭނެ ފުލުހުންގެ ޑެސްކެއް ވެސް ނުހުރެ އެވެ. ކޮންމެ ފަހަރަކު ވެސް މައްސަލައެއް ފެންމަތިވާތާ ދެ ތިން ދުވަސް ފަހުން ފުލުހުން ގޮސް ރަށުގައި އެއް ދުވަސް ހޭދަކޮށްލާފައި އެނބުރި ދަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްކަމުގެ މައްސަލަތައް ބޮޑުވެގެން މީގެ މަހެއްހާ ދުވަސް ކުރިން އާންމުން ނިކުމެ އަޑު އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ވައްކަން މަދުވެފައިވާ ކަމަށާއި ދެ ދުވަހެއް ވަންދެން ފުލުހުން ވެސް ގޮސް އުޅުނު ކަމަށް ޝާމިރު ވިދާޅުވި އެވެ.
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ގެއްލުނު ފަސް ލެޕްޓޮޕް ހޯދައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!