Roadha Mihaaru
އެޗްޑީސީން ބިންތަކުގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް

ގާސިމްގެ ދަރިކަނބަލުންގެ ނަމުގައި އޮތް ދެ ބިން އަތުލީ ގޯސްކޮށް ކަމަށް ހުކުމްކޮށްފި

19 ނޮވެމްބަރ 2020

ވިލާ ގްރޫޕްްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ދަރިކަނބަލަކަށް ހުޅުމާލޭން ކުއްޔަށް ދިިނުމަށް ފަހު، އެޗްޑީސީން އަތުލި ދެ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ދެމި އެބަ އޮތްކަަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވިލާ ގްރޫޕްްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ދަރިކަނބަލަކަށް ހުޅުމާލޭން ކުއްޔަށް ދިިނުމަށް ފަހު، އެޗްޑީސީން އަތުލި ދެ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ދެމި އެބަ އޮތްކަަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގާސިމްގެ ދަރިކަނބަލުން ފާތިމަތު ތަސްލީމާ އަށް 2005 ވަނަ އަހަރު އެޗްޑީސީން ކުއްޔަށްދިން ދެ ބިމުގެ އެއްބަސްވުން 2015 ވަނަ އަހަރު އެ ކުންފުނިން ބާތިލުކުރީ އެތަނުގައި ކުރަންޖެހޭ ސިނާއީ މަސައްކަތް ނުފަށައި އޮތުުމުންނެވެ. އެއްބަސްވުންް ބާތިލުވިކަމަށް އެޗްޑީސީން ފުރަތަމަ އެންގުމުން، ތަސްލީމާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. އެކޯޓުން ހުކުމްކުރީ އެއްބަސްވުން ދެމި އޮތް ކަަމަށެވެ.

ބިން ދޫކުރުމުގެ އެއްބަސްވުން ނިމުމަކަށް ގެނައި ކަމަށް އެޗްޑީސީން އެންގީ ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުގެ ހުކުމުގައި އެޗްޑީސީއަށް އެންގީ އެއްބަސްވުމަށް އަމަލުކުުރުމަށެވެެ.

ހުޅުމާލެ ކޯޓުގެ އެ ހުކުމް އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން އެ ހުކުމް ބާތިލުކުރި އެވެ.

ހުޅުމާލޭގައި ޖެހިޖެހިގެން އޮތް ދެ ބިމަށް އެޗްޑީސީން ތަސްލީމާއާ އެކު ވަަކިވަކިން ސޮއިކޮށްފައިވާ ދެ އެއްބަސްވުން ވެސް އެ ކުންފުނިން ބާތިލުކުރީ އެ ބިންތަކުގައި ސިނާއީ މަސަައްކަތެއް ނުކޮށް އޮތް އޮތުމަކީ އެއްބަސްވުމުގައި ލާޒިމްކޮށްފައިވާ ގޮތާ ހިލާފަށް ބިން ބޭނުން ކުރުން ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން އެ ދެ މައްސަލަ ބެލި ތިން ފަނޑިޔާރުން ވެސް އިއްތިފާގު ވެފައި ވަނީ އެ ބިމުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތް ނުފަށައި އޮތް އޮތުމަކީ އެއްބަސްވުމާ ޚިލާފަށް ބިން ބޭނުންކުރުން ކަމަށް މާނަ ނުކުރެވޭނެ ކަމަށެވެ.

މަައްސަލަ ބެއްލެވި ބެންޗްގައި ތިއްްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝަތު ސުޖޫން އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކުރީ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި، ގާސިމްގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް އޭރު ބޮޑެތި ހުރަސްތައް ސަރުކާރުން ކުރިމަތިކުރި އެވެ. ގާސިމްގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ބިންތަކާއި ރަށްތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ދައްކަން އެންގުމާއި ހުއްދަތައް ބާތިލްކުރުން ފަދަ ކަންކަން ވެސް އޭރު ކޮށްފައިވެ އެވެ.