Roadha Mihaaru
ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު

ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު ބާއްވަނީ

16 ނޮވެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދެ ވަނަ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދެ ވަނަ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިން އޮތީ ފަށައިފަ އެވެ.

އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ މެންދުރު އެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ މަރުހަލާގަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ހައި ކޯޓުގައި ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.