16 ޖޫން 2022
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ފޯނުން ކޮށްފައިވާ މުއާމަލާތްތަކާ ބެހޭގޮތުން ތަހުލީލު ރިޕޯޓް ހެދި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ފޯނުން ކޮށްފައިވާ މުއާމަލާތްތަކާ ބެހޭގޮތުން ތަހުލީލު ރިޕޯޓް ހެދި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދެ ދައުވާ ކުރާއިރު އެމަނިކުފާނަށް ރިޝްވަތު ދިނުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އެ ދެ ބޭފުޅުންގެ ބައިގައި ވެެސް އޮތީ ހެކިބަސް ނެގުމެވެ. ދައުލަތުން ހުށަހެޅި މޮބައިލް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި އަބްދުﷲ ޝިފާޒްގެ ހެކިބަސް ނެގީ އެ މައްސަލާގައި ތިން ފޯނަކުން ކޮށްފައިވާ މުއާމަލާތްތަކާ ބެހޭގޮތުން ރިޕޯޓް ހެދި މީހާގެ ހައިސިއްޔަތުންނެވެ.
ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި ތަހުގީގުކުރި ފުލުހުން އޭނާގެ ގާތުން އެދުނީ ވަކި ނަމްބަރަކުން ކޮށްފައިވާ މުއާމަލާތްތަކެއް ބެލުމަށެވެ. އަދި ޕެންޑްރައިވެއްގައި ހުރި އެ މައުލޫމާތުތައް ބެލިއިރު އެ ނަމްބަރުން ކޮށްފައިވާ މެސެޖްތަކާއި ވައިބާ ޗެޓް އަދި ކޯލް އެލާޓްތައް ފެނުނު ކަމަށް ޝިފާޒް ބުންޏެވެ. އެކަމަކު މެސެޖްތަކާއި ޗެޓްތަކުގައި ހިމެނޭ މީހުންގެ ނަންތަކެއް އޭނާ ނުބުނެ އެވެ.
މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ.
އެ މައްސަލައާ ގުޅޭ މުއާމަލާތެއް ފެނުނުތޯ ޔާމީންގެ ވަކީލުން ސުވާލު ކުރެއްވުމުން އޭނާ ބުނީ އެ މެސެޖްތަކުގައި ހުރި ވާހަކަތަކުގެ ތަފްސީލެއް އޭނާ ނުބަލާ ކަމަށެވެ. އަދި އެކަން ބަލާނީ ތަހުގީގުކުރާ ފުލުހުން ކަމަށާއި އޭނާގެ ދައުރަކީ ޕެންޑްރައިވުން ވަކި މައުލޫމާތެއް ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ވަކީލުންގެ ސުވާލުތައް ގިނައިން އަމާޒުކުރީ އެ ފުލުސް މީހާގެ ތައުލީމާއި ތަޖްރިބާއާ ބެހޭގޮތުންނާއި ފޮރެންސިކަށް ގެންނަ ހެކިތައް ތަހުލީލު ކުރުމުގައި ބަލާ ކަންކަމާ ގުޅޭގޮތުންނެވެ.
މިއަދު ދެ މީހެއްގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތަސް، އެ ފުލުސް މީހާއާ ދެފަރާތުން ސުވާލު ކުރުމުގައި ތިން ގަޑިއިރަށް ވުރެ ދިގުދެމިގެން ދިއުމުން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ދެން ހުރި ހެކިވެރިޔާގެ ހެކިބަސް ދެން އޮންނަ އަޑުއެހުމަކަށް ފަސް ކުރުމަށެވެ.
މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވްކުރަމުން ދަނިކޮށް ބައެއް ޓީވީ ޗެނަލްތަކުން ކޯޓުގެ ފީޑް ބޭނުން ކޮށްގެން ލައިވްކުރަން ފެށި އެވެ. އެހެންވެ، ޝަރީއަތުގެ މެދު ތެރެއިން އިސްގާޒީ ޝަކީލް އެންގެވީ ކޯޓުގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން ޝަރީއަތުގެ ލައިވް ފީޑް ބޭނުން ނުކުރުމަށެވެ.
އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ގިނަ ބައެއްގެ ސަމާލުކަން ހުރި މައްސަލައަކަށް ވާތީ ލައިވް ކުރުމުގެ ފުރުސަތު ޓީވީތަކަށް ދިނުން މުހިންމު ކަމަށެވެ.
އިސްގާޒީ ޝަކީލް ވިދާޅުވީ ކޯޓުގެ ހުއްދަ ނެތި، ކޯޓުގެ ލައިވް ފީޑް ރީބްރޯޑްކާސްޓް ނުކުރެވޭނެ ކަމަށެވެ.
ޔާމީންގެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި
ޔާމީންގެ ފަރާތުން ދޮގުހެކި ދިންކަމުގެ ލިޔުންތަކެއް!
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް
ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު
ޔާމީން ކުށްވެރިވެ 5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް