16 ނޮވެމްބަރ 2020
ބްރުސެލްސް (ނޮވެމްބަރު 16) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިޓަލީ އާއި ބެލްޖިއަމް މުބާރާތުގެ ފައިނަލް ބުރު (ސެމީ ފައިނަލް) ގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ބްރުސެލްސް (ނޮވެމްބަރު 16) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިޓަލީ އާއި ބެލްޖިއަމް މުބާރާތުގެ ފައިނަލް ބުރު (ސެމީ ފައިނަލް) ގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ރޭ އިންގްލެންޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ހޯދި މޮޅާ އެކު ބެލްޖިއަމް ވަނީ ގްރޫޕް އޭ2 ގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑެންމާކް ވަނީ ރޭ 2-1 އިން އައިސްލެންޑް ބަލިކޮށް ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްފަ އެވެ. މި ގްރޫޕްގެ ތިން ވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް އައިސްލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ ނަތީޖާއާ އެކު އިންގްލެންޑަށް ވަނީ ފައިނަލް ބުރުގެ ދޮރު ބަންދުވެފަ އެވެ. އެއް ވަނަ ޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބޭއިރު މި ގްރޫޕުން އެ ޖާގަ ލިބޭނީ ބުދަ ދުވަހުގެރޭ ބެލްޖިއަމް ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެއްވަރު ކޮށްލައިގެން ވެސް ބެލްޖިއަމަށް ފަރުޖައްސައިލެވޭނެ އެވެ.
ބެލްޖިއަމް އިން ރޭ އިންގްލެންޑް ކޮޅަށް ދެ ގޯލު ޖެހީ ވެސް މެޗުގެ ފުރަތަމަ 23 މިނިޓް ތެރޭގަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި ޔޫރީ ޓިއެލެމަންސް ޖެހި ބޯޅަ ގޯލަށް ވަނީ އިންގްލެންޑްގެ ޑިފެންޑަރު ޓައިރަން މިންގްސް ފައިގައި ޖެހިފައި ގޮހެވެ. މެޗުގެ 23 ވަނަ މިނިޓްގައި ބެލްޖިއަމްގެ ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން ޑްރީސް މާޓެންސް އެވެ. އިންގްލެންޑްގެ ހެރީ ކޭން ޖެހި ބޯޅައެއް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ސަލާމަތްކޮށްފަ އެވެ.
އިޓަލީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ގްރޫޕް އޭ1 އިން ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ތިން ޓީމަކަށް އެބައޮތެވެ. އެއީ ރޭ ޕޮލެންޑް އަތުން 2-0 އިން މޮޅުވެ މި ވަގުތު އެއް ވަނައިގައި އޮތް އިޓަލީ އާއި ބޮސްނިއާ އަތުން 3-1 އިން މޮޅުވެ ދެ ވަނައިގައި އޮތް ނެދަލެންޑްސްގެ އިތުރުން ތިން ވަނައިގައި އޮތް ޕޮލެންޑް އަށެވެ. ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އިޓަލީ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ބޮސްނިއާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.
ބުދަ ދުވަހުގެރޭ ކުޅޭ މި ގްރޫޕްގެ ފަހު މެޗުތަކުގައި ރަށުންބޭރުގައި އިޓަލީ ކުޅޭނީ ބޮސްނިއާ އެވެ. އަދި ޕޮލެންޑް އަމިއްލަ ދަނޑުގައި ނެދަލެންޑްސްއާ ބައްދަލުކުރާނެ އެވެ.
ނެދަލެންޑްސް ދަނޑުގައި ރޭ ބޮސްނިއާ ކޮޅަށް އެ ޓީމުގެ ގޯލުތައް ޖެހީ ޖިއޮޖީނިއޯ ވައިނަލްޑަމް ދެ ގޯލާއި މެމްފިސް ޑިޕާއި އެވެ. ބޮސްނިއާގެ ހަމައެކަނި ގޯލު ޖެހީ ސްމައިލް ޕްރެވެލްޔަކް އެވެ. އިޓަލީން ރޭގެ މެޗުގައި ލީޑުނެގީ ފުރަތަަމަ ހާފުގައި ޖޯޖީނިއޯ ވައްދާލި ޕެނަލްޓީންނެވެ. ޕޮލެންޑަށް މައްސަލަ ދިމާވީ މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ ޔަސެކް ގޮރާލްސްކީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ޕޮލެންޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިޓަލީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޮމެނިކޯ ބެރާޑީ އެވެ.
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ
ފައިނަލް ބުރުގެ ފަހު ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމަށް
އިޓަލީ-ނެދަލެންޑްސް އެއްވަރު، އިންގްލެންޑަށް ނާކާމިޔާބު
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
ނެދަލެންޑްސް އަތުން އިޓަލީ އަށް މުހިއްމު މޮޅެއް
ބޮސްނިއާ އިން އިޓަލީގެ ރެކޯޑަށް ނިމުން ގެނެސްފި
އިންގްލެންޑް ކަޓުވާލުމަށް ފަހު ނެދަލެންޑްސް ފައިނަލަށް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް